ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ހިންނަވަރާއި މަތިވެރީގެ އިހުތިސާސްގެ ތެރޭގައި ފަޅުރަށެއް ހިމަނައިފި

ޅ. ހިންނަވަރާއި އދ، މަތިވެރީގެ އިދާރީ ދާއިރާގެ އިހުތިސާސްގެ ތެރޭގައި ފަޅުރަށެއް ހިމަނައި އެ ދެ ރަށުގެ އިހުތިސާސަށް ބަދަލު ގެނެސްފި އެވެ.

މި ދެ ރަށުގެ އިދާރީ ދާއިރާގެ އިހުތިތާސަށް ބަދަލު ގެނެސްފައިވަނި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިއްޔެ ނެރުއްވި ގަރާރަކުންނެވެ.

އެ ގަރާރުގައި ބުނެފައިވަނީ ޅ. ހިންނަވަރުގެ އިދާރީ ދާއިރާގެ އިހުތިސާސްގެ ތެރޭގައި ގާއެރިފަރު ހިމަނައި އަދި އދ. މަތިވެރީގެ އިދާރީ ދާއިރާގެ އިހުތިސާސްގެ ތެރޭގައި މަތިވެތިފިނޮޅު ހިމަނަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ފެނިވަޑައިގަންނަވާތީ އެގޮތަށް ނިންމަވާފައިވާ ކަމަށެވެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަންވާނީ ލާމަރުކަޒީ އުސޫލުން ކަމަށް ގާނޫނު އަސާސީގައި ކަނޑައަޅާފައިވާއިރު ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ރާއްޖޭގެ އެންމެހާ އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލުތަކުގެ އިހްތިސާސް ކަނޑައެޅުމުގެ މަސްއޫލިއްޔަތު މަތިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަށެވެ.