ހަބަރު

ފްރާންސް އަދި ޕީއެސްޖީގެ ތަރި އެމްބާޕޭ ރާއްޖޭގައި

ފްރާންސް އަދި ޕީއެސްޖީގެ ޒުވާން ފޯވާޑް ކިލިޔަން އެމްބާޕޭ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.

އެމްބާޕޭ ޗުއްޓީ ހޭދަ ކުރަމުން ދަނީ ޅ. އަތޮޅު ކަނުހުރާ ރިސޯޓްގައި އެވެ. އެނާ ރާއްޖެ އައިސްފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ.

ކިލިޔަން އެމްބާޕޭގެ އުމުރުން 16 އަހަރުގައި ވަނީ ފްރާންސްގެ މޮނާކޯއަށް ޗެމްޕިއަންސް ލީގް ޖާގަ ހޯދައިދިނުމަށް އެހީތެރިވެދީފަ އެވެ. އަދި އޭނާގެ އުމުރުން 17 އަހަރުގައި ޗެމްޕިއަންސް ލީގް ސެމީ ފައިނަލާއި ހަމައަށް ދަތުރުކޮށްފަ އެވެ.

އޭނާގެ އުމުރުން 18 އަހަރުގައި ވަނީ ދުނިޔޭގެ ދެ ވަނަ އަށް އަގު ބޮޑު ކުޅުންތެރިޔާގެ ގޮތުގައި ޕީއެސްޖީއަށް ބަދަލުވެފަ އެވެ. ޕީއެސްޖީން އޭނާ ހޯދުމަށް ހޭދަ ކުރި 180 މިލިއަން ޕައުންޑަކީ ފުރާވަރު އުމުރުގެ ކުޅުންތެރިޔެއްގެ ޓްރާންސްފާއަށް ހޭދަ ކުރި އެންމެ ބޮޑު އަގެވެ. އުމުރުން 19 އަހަރުގައި އޭނާ ވަނީ ފްރާންސްއާއެކު ވޯލްޑްކަޕް ހޯދާފަ އެވެ. ވޯލްޑްކަޕްގައި އޭނާ ވަނީ މޮޅު ކުޅުމެއްދައްކާފަ އެވެ.

އޭނާ ވަނީ އެންޓްއާން ގްރީޒްމަން އާއި ރަފޭލް ވަރާން ފަހަތަށް ޖައްސާލުމަށް ފަހު، ފްރާންސްގެ މޮޅު ކުޅުންތެރިޔާގެ އެވޯޑްވެސް މިއަހަރު ހޯދާފަ އެވެ.