ކުރީގެ ރައީސް މުހައްމަދު ނަޝީދު މާލޭ ސިޓީ ކައުންސިލަށް ވަޑައިގެން ކައުންސިލްގެ މެންބަރުންނާ ބައްދަލު ކުރައްވައިފި އެވެ.
އެމަނިކުފާނު ވަނީ ސިޓީ ކައުންސިލަށް ޒިޔާރަތް ކުރައްވާ އެ ކައުންސިލްގެ އިދާރާ ބައްލަވާލައްވާފަ އެވެ. އަދި މާލޭގެ މޭޔަރު ޝިފާ މުހައްމަދާއި ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފްގެ އިތުރުން ކައުންސިލަރުންނާއި ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވާފައި ވެއެވެ.
ނަމަވެސް އެ މަނިކުފާނު ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވާފައިވަނީ ކޮން ކަމަކާ ގުޅޭގޮތުން ކަމެއް ސާފެއް ނުވެ އެވެ.
އެމަނިކުފާނާއެކު އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި އެ ޕާޓީގެ ސެކްރެޓަރީ ޖެނަރަލް އަނަސް އަބްދުއް ސައްތާރާއި ގާނޫނީ ވަކީލް ހިސާން ހުސެއިން ވެސް ބައިވެރިވެވަޑައިގެންފައި ވެއެވެ.