ދަ ޑިމޮކްރެޓްސް

ޑިމޮކްރެޓުންގެ ޖަލްސާތަކުގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި ދަ ޑިމޮކްރެޓްސްގެ މުއައްސިސް އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު -- ފޮޓޯ: އަވަސް
0%
0%
0%

ދަ ޑިމޮކްރެޓްސްގެ ކުރިއަށް ހުރި ޖަލްސާތަކުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.

ފުވައްމުލައް ސިޓީގައި ރޭ ބޭއްވި ބައްދަލުވުމެއްގައި އެ ޕާޓީގެ މުއައްސިސް އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވަނީ ޕާޓީގެ ކުރިއަށް އޮތް ޖަލްސާތަކުގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.

ހަސަން ލަތީފު ވިދާޅުވީ ޕާޓީ ރަޖިސްޓްރީކުރަން ބާއްވަންޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ ސަރުކާރު ހުޅުވުމުން އިލެކްޝަންސް ކޮމިޝަނުން ދޭނެ ކަމަށެވެ.

"އެ ޖަލްސާގައި ޕާޓީގެ އަސާސީ ގަވާއިދާއި ޕާޓީގެ ނަމާއި ލޯގޯއާއި ނިޝާނާއި ދެންވެސް ފާސްކުރަންޖެހޭ އެއްޗެއް އެޖަލްސާގައި ފާސްކުރާނެ،" ހަސަން ލަތީފު ވިދާޅުވި އެވެ.

އެ ޖަލްސާގައި ފާސްކުރަންޖެހޭ ކަންކަން ފާސްކޮށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން ޕާޓީ ރަޖިސްޓްރީކޮށްނުދީ އިލެކްޝަންސް ކޮމިޝަނަށް ނުތިބެވޭނެ ކަމަށްވެސް ހަސަން ލަތީފު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ކެމްޕޭން ހަރަކާތްތައް، ޕާޓީ ރަޖިސްޓްރީ ވިޔަސް ނުވިޔަސް، ލަސްކުރިޔަސް، ދަތިކުރިޔަސް، އެކަންކަން ހިނގަމުންދާނެ،" ހަސަން ލަތީފު ވިދާޅުވި އެވެ.

ހަސަން ލަތީފު މިހެން ވިދާޅުވިއިރު "ދަ ޑިމޮކްރެޓްސް" ޕާޓީ އުފެއްދުމަށް ބާއްވަންޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު ދީފަ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓަކު ނެރޭނެކަން އިއުލާނުކޮށްފައިވާ ދަ ޑިމޮކްރެޓްސް އިން ވަނީ އެ ޕާޓީގެ މެނިފެސްޓޯއަށް އާންމުންގެ ހިޔާލު ހޯދަން ފަށާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910