ދަ ޑިމޮކްރެޓްސް

ޑިމޮކްރެޓުންގެ މެނިފެސްޓޯއަށް އާންމުންގެ ހިޔާލު ހޯދަނީ

"ދަ ޑިމޮކްރެޓްސް" ގެ ހަރުގޭގައި ބޭއްވި ހަރަކާތެއްގައި ޕާޓީގެ މުއައްސިސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވާހަކަ ދައްކަވަނީ -- ފޮޓޯ: ދަ ޑިމޮކްރެޓްސް
0%
0%
100%

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓަކު ނެރޭނެކަން އިއުލާނުކޮށްފައިވާ "ދަ ޑިމޮކްރެޓްސް" އިން އެ ޕާޓީގެ މެނިފެސްޓޯއަށް އާންމުންގެ ހިޔާލު ހޯދަން ނިންމައިފި އެވެ.

ދަ ޑިމޮކްރެޓްސް އިން ބުނީ ޕާޓީގެ މެނިފެސްޓޯ އެކުލަވާލުމަށް ތައްޔާރީތައްވަމުންދާ ކަމަށާއި މެނިފެސްޓޯއަށް ހިޔާލު ހޯދުމުގެ ބައްދަލުވުންތަކެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ފުވައްމުލަކުގައި މިރޭ ބައްދަލުވުމެއް ބާއްވަން ނިންމާފައިވާއިރު މި ބައްދަލުވުމުގައި ޕާޓީގެ މުއައްސިސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެ ޕާޓީން ބުނެ އެވެ.

މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 8:30 ގައި ފުވައްމުލަކު ސިޓީ ކައުންސިލްގަ އެވެ.

"ދަ ޑިމޮކްރެޓްސް" އިން ޕާޓީގެ މެނިފެސްޓޯގެ މަސައްކަތްތައް ފަށަން ތައްޔާރުވެފައިވާއިރު ޕާޓީ އުފެއްދުމަށް ބާއްވަންޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ވަނީ މިދިޔަ އާދިއްތަ ދުވަހު ދީފަ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ހަސަން އަބުދﷲ

އަޅުގަނޑަކީ ޑިމޮކޮރަޓުސްގެ މެންބަރެއް. ވަރައް ރަނގަޅުވާނެ ހިޔާލު ހުށަހެޅުން އޮންލައިންކޮއަވެސް ފޮނުވޭނެ ގޮތް ހަދައި ދެއްވައި ފިނަމަ.

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910