ދަ ޑިމޮކްރެޓްސް

ޑިމޮކްރެޓުންގެ ޖަލްސާއަށް ހުއްދަދިންކަން ރަސްމީކޮށް އަންގައިފި

ދަ ޑިމޮކްރެޓްސްގެ އިސް ބޭފުޅުން އިލެކްޝަންސް ކޮމިޝަންގައި -- ފޮޓޯ: އަވަސް
0%
0%
0%

"ދަ ޑިމޮކްރެޓްސް" ޕާޓީ އުފެއްދުމަށް ބާއްވަންޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ ދިންކަން އިލެކްޝަންސް ކޮމިޝަނުން ރަސްމީކޮށް މިއަދު އަންގައިފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިއަދު ވިދާޅުވީ "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ޖަލްސާ ބޭއްވުމުގެ ހުއްދަ އެ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދިވަޑައިގަތް ހަސަން ލަތީފަށް އެކޮމިޝަނުން މިއަދު ދީފައިވާ ކަމަށެވެ.

"ދަ ޑިމޮކްރެޓްސް" އުފެއްދުމަށް ޖަލްސާ ބޭއްވުމުގެ ހުއްދަ ދޭން އިލެކްޝަންސް ކޮމިޝަނުން ނިންމީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ.

"ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި، މޭ 21 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ޕާޓީގެ މުއައްސިސް އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފުގެ ނަމުގަ އެވެ.

ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމާ އެކު ދަ ޑިމޮކްރެޓްސްގެ މެންބާޝިޕް ފޯމު ފުރުމުގެ މަސައްކަތް ޕާޓީ ރަޖިސްޓްރީކުރަން 3،560 ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ޖޫން ފުރަތަމަ ދުވަހު އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910