ދަ ޑިމޮކްރެޓްސް

ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާ ބުދަ ދުވަހުގެ ރޭ

އެމްޑީޕީން ވަކިވެ، "ދަ ޑިމޮކްރެޓްސް" އުފެއްދުމަށް މަސައްކަތްކުރާ ބޭފުޅުން -- ފޮޓޯ: އަވަސް
100%
0%
0%

"ދަ ޑިމޮކްރެޓްސް" އުފެއްދުމަށް ބާއްވާ ޖަލްސާ ބުދަ ދުވަހުގެ ރޭ ބޭއްވުމަށް ނިންމައިފި އެވެ.

ގިޔާސުއްދީން ސްކޫލުގައި އެރޭ 8:30ގައި ބާއްވާ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

"ދަ ޑިމޮކްރެޓްސް" ޕާޓީ އުފެއްދުމަށް ބާއްވަންޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ ދިންކަން އިލެކްޝަންސް ކޮމިޝަނުން ރަސްމީކޮށް އެންގީ މިއަދު އެވެ.

ޕާޓީ އުފެއްދުމަށް ބާއްވާ ޖަލްސާގައި ޕާޓީގެ އަސާސީ ގަވާއިދާއި ޕާޓީގެ ނަމާއި ލޯގޯއާއި ނިޝާން ފާސްކުރާނެ ކަމަށް ޕާޓީގެ މުއައްސިސް އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވަނީ ވިދާޅުވެފަ އެވެ.

ރައީސް ނަޝީދަށް ތާއީދުކުރާ މެންބަރުންތަކެއް އެމްޑީޕީން ވަކިވެ "ދަ ޑިމޮކްރެޓްސް" އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ މޭ 21 ވަނަ ދުވަހު އެވެ.

ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމާ އެކު ދަ ޑިމޮކްރެޓްސްގެ މެންބާޝިޕް ފޯމު ފުރުމުގެ މަސައްކަތް ޕާޓީ ރަޖިސްޓްރީކުރަން 3،560 ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ޖޫން ފުރަތަމަ ދުވަހު އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910