ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރު މަގާމުން އިސްތިއުފާދެއްވައި ދަ ޑިމޮކްރެޓްސް އަށް ސޮއިކުރައްވައިފި އެވެ.
ޝާހުގެ އިސްތިއުފާގެ ސިޓީ ރައީސް އޮފީހަށް ލިބިފައިވާ ކަމަށް އެ އޮފީހުން ޔަގީންކޮށްދީފައިވެ އެވެ.
ޝާހުގެ ސިޓީގައި ބުނެފައިވަނީ އޭނާގެ ފަންނީ ލަފަޔާއި އިރުޝާދާ އެއްގޮތަށް މަސައްކަތް ކުރުމަށް ސަރުކާރުގެ ތެރެއިން ފުރުސަތު ލިބިވަޑައިނުގެންނެވި ކަމަށެވެ. އަދި ޖޭޕީގެ ސިޔާސަތާއި އޭނާގެ ފިކުރު ތަފާތުވެފައިވާތީ އެ ޕާޓީންވެސް އޭނާ ވަނީ އިސްތިއުފާ ދެއްވާފަ އެވެ.
ޝާހް މިއަދު ޑިމޮކްރެޓްސް އަށް ސޮއިކުރެއްވީ އެ ޕާޓީގެ މަސްއޫލުވެރިޔާ އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ހާޒިރު ގައެވެ.
ޝާހުގެ މެންބަޝިޕް ފޯމާ ހަވާލުވެވަޑައިގަތީ ވެސް ރައީސް ނަޝީދު އެވެ.