ހަބަރު

ރައީސް ސޯލިހު ނައިފަރަށް ވަޑައިގެންފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޅ. ނައިފަރަށް ވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ މިއަދުގެ ވަގުތެއްގައި ރައީސް ސޯލިހު ނައިފަރަށް ވަޑައިގެން އެ ރަށު ކައުންސިލަރުންނާ ބައްދަލު ކުރައްވާފައިވާ ކަމަށެވެ. އަދި ރަށުގެ ތަރައްގީއަށް ކުރަމުން އަންނަ މަސައްކަތްތަކާއި ކުރިޔަށް ރާއްވަވާފައިވާ ކަންތައްތަކުގެ މައުލޫމާތު ރައީސް ސޯލިހަށް ކައުންސިލުން ދެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ނ. އަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅު ހެނބަދޫއަށް ވަޑައިގެން ނަރުދަމާ ނިޒާމް ފައްޓަވައިދެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. ރައީސް އިއްޔެ ވަނީ އެމަނިކުފާނު އުފަން ރަށް އަތޮޅު ހިންނަވަރަށް ވެސް ވަޑައިގެންފަ އެވެ.