ވިޔަފާރި

ކުޑަހުވަދުއާ އެކު އުރީދޫ ސުޕަނެޓް އާބާދީގެ 60 ޕަސެންޓަށް

100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑުތަކާއި އެކު، އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ދ. ކުޑަހުވަދޫއަށް މިއަދު ތައާރަފްކޮށްފި އެވެ.

އުރީދޫއިން ބުނީ މުޅި ރާއްޖެއަށް ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް ތަޢާރަފްކުރުމަށް އުރީދޫ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އުރީދޫ ސުޕަރނެޓްގެ ހިދުމަތް 12 މެއި 2016ގައި ތައާރަފްކުރުމަށްފަހު މުޅި ރާއްޖެއަށް އެހިދުމަތް ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން އެހިދުމަތް ކުޑަހުވަދުއަށް ތަޢާރަފް ކުރެވިގެން ދިއުމާއެކު ރާއްޖޭގެ އާބާދީގެ 60 އިންސައްތައަށް މިހާރު ސުޕަރނެޓްގެ ހިދުމަތް ލިބިގެންދާނެއެވެ.

"ޒަމާނީ ތަރައްޤީ އާއި ހަމައަށް ވާސިލުވުމަށް އެންމެ މުހިއްމު އެއް ހިދުމަތަކީ އިންޓަނެޓް ކަމަށްވުމާއި އެކު، އުރީދޫގެ އަމާޒަކީ ހަލުވި ސްޕީޑުގެ އިންޓަނެޓްގެ ހިދުމަތް ރާއްޖޭގެ އެންމެހާ ހިސާބުތަކަށް ފޯރުކޮށްދިނުން. މިގޮތުން، ކުޑަހުވަދޫގައި ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ތައާރަފްކޮށް، އިންޓަނެޓްގެ ޚިދުމަތް އިތުރު ފުރިހަމަކަމާއި އެކު ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވުމަކީ، އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ދިވެހި ރައްޔިތުންނަށް އިޤްތިސޯދީ އަދި އިޖްތިމާއީ ކުރިއެރުން ހޯދައިދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މިފަދަ މަސައްކަތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ކުރަމުންދާނަން." އުރީދޫގެ ޑައިރެކްޓަރ ސޭލްސް އެންޑް ބްރޭންޑް ހުސައިން ނިޔާޒު ވިދާޅުވިއެވެ.

ސުޕަރނެޓްގެ ޚިދުމަތް ކުޑަހުވަދުއަށް ތަޢާރަފްކުރުމާއިއެކު، 31 ޑިސެމްބަރ 2018 ގެ ކުރިން ސުޕަރނެޓް ހިޔާރު ކުރައްވާ ކުޑަހުވަދޫގެ ކަސްޓަމަރުންނަށް ވަރަށް ހާއްސަ އޮފަރއެއްވެސް މިއަދު ވަނީ ތައާރަފް ކޮށްފައެވެ. މީގެ އިތުރުން ކުޑަހުވަދޫ ރައްޔިތުންނަށް ހަލުވި ސްޕީޑުގެ އިންޓަނެޓް ހޯދުމުގައި އިތުރު ފަސޭހަކަމެއް ގެނެސްދިނުމުގެ ގޮތުން، އުރީދޫއިން ސުޕަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމުގައި އެއްވެސް ކަނެކްޝަން ފީ އެއް ނުހިމެނުމަށްވެސް އުރީދޫއިން ވަނީ ނިންމާފަ އެވެ.