ހަބަރު

ޕީއެސްއެމްގެ ޑެޕިއުޓީ އެމްޑީއަކަށް ޝަމީމް ހަމަޖައްސައިފި

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރަކަށް ހ، ޕްރިޓީ ވިލާ މުހައްމަދު ޝަމީމް އައްޔަން ކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕޮރައިޒޭޝަން ބޯޑުން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ އޭނާ އެ މަގާމަށް އައްޔަންކޮށްފައިވަނީ އެގްޒެކެޓިވް ބޯޑު މެމްބަރެއްގެ ފެންވަރުގައި ކަމަށެވެ.

ޝަމީމަކީ ދައުލަތުގެ މީޑިއާގައިޔާއި، ވީމީޑިއާގައި އިންޖިނިއަރިން ޑިޕާޓްމަންޓްގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ޕްރައިވަޓައިޒޭޝަން ބޯޑުން ދާދިފަހުން ވަނީ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަަށް އަލީ ހާލިދު އައްޔަންކުރައްވާފަ އެވެ.