ކ. ބޮލިފުށި އައިލެންޑް ރިސޯޓްގެ އިރުމަތީ ފަރާތު ގިރިއަކަށް "އަޒުމް-2" ނަމަކަށް ކިޔާ ދޯންޏެއް އަރައިގެން އެމްއެންޑިއެފުން ހަރަކާތްތެރިވާން ފަށައިފި އެވެ. އެ ދޯނީގައި ހަ މީހުން ތިއްބެވެ.
އެމްއެންޑިއެފުން ބުނީ އެ ހާދިސާގެ މައުލޫމާތު ކޯސްޓްގާޑަށް ލިބުނީ، މިރޭ 9:40 އެހާކަންހާއިރު ކަމަށާއި، އެ ހާދިސާ ހިގާފައިވަނީ ބޮލިފުށި ސްޓާފުން ގޮވައިގެން ނައިޓް ފިޝިންއަކަށް ގޮސް އުޅެނިކޮށް ކަމަށެވެ.
މީގެ އިތުރުން އެ ހާދިސާ ހިނގި އިރު ދޯނީގައި ތިބި މީހުން މިހާރު ބޮލިފުއްޓަށް ގެންގޮސްފައިވާ ކަމަށާއި، އެ ދޯނިން ޕަމްޕެއްގެ އެހީތެރިކަމަށް އެދުމުން ކޯސްޓް ގާޑުގެ ޑައިވަރުންގެ ޓިމާކާއެކު މިހާރު އެދިމާލަށް ދަތުރު ކުރަމުންދާ ކަަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.