ދިވެހި ސިނަމާ

"ގޮށްރާޅު" އޮލިމްޕަހަށް: ތައްޔާރުތަ؟

ޑާކްރެއިން އެންޓަޓެއިންމަންޓްސް އިން އަންނަ ފެބްރުއަރީ މަހު ރިލީޒް ކުރަން ހަމަޖައްސާފައިވާ ފިލްމު "ގޮށްރާޅު" މިހާރު މި ވަނީ ސްކްރީނުތަކާ ހަމައިގަ އެވެ. ފިލްމްގެ ޓިކެޓު ވިއްކަން ހަތަރު ދުވަހަށް ވެފައިވާއިރު، މި ފިލްމު އޮލިމްޕަހުގައި ކޮންމެ ދުވަހަކު ތިން ގަޑިއަކު އަޅުވަން ވެސް ވަނީ ހަމަޖައްސާފަ އެވެ.

އޮލިޕްމަހުގައި ފިލްމު އެޅުވާނެ ގަޑިތަކަކީ ހަވީރު 4:00 އާއި ރޭގަނޑު 9:00 އަދި ރޭގަނޑު 11:00 ޖަހާއިރު ކަމަށް މި ޑާކްރެއިންގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުންޏެވެ.

ޖެނުއަރީ ހަތަރުވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ހެނދުނު 10 އަކުން ފަށައިގެން ރޭގަނޑު 10 އަކަށް އޮލިމްޕަހުގައި ޓިކެޓް ވިއްކާނެ އެވެ. ފިލްމު ޓިކެޓެއްގެ އަގަކީ 100ރ. އެވެ.

ގޮށްރާޅުގެ ޓްރައިލާ

ކްރައިމް ތްރިލާ އަކަށް އުފައްދާ "ގޮށްރާޅު" ގެ ލީޑު ރޯލުން ޖުމައްޔިލް ނިމާލް ފެނިގެންދާނެ އިރު، މި ފިލްމުގެ މުހިންމު ރޯލުތަކުން ހަސަން އިރުފާން (ޒަކިއްޓެ) އަދި އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) ވެސް ފެންނާނެ އެވެ. މިއީ އަންނަ އަހަރަށް ޑާކްރެއިން އިން ނެރޭ ފިލްމުތަކުން ފާހަގަ ކޮށްލެވޭ ފިލްމެއް ކަމަށް ފިލްމުގެ ޓީމުން ބުނެ އެވެ.

ޑާކްރެއިން ޕްރޮޑަކްޝަން ހައުސްއިން އަންނަ އަހަރަށް ތައްޔާރު ކުރަމުން އަންނަނީ ހަމައެކަނި ގޮށްރާޅެއް ނޫނެވެ. ފިލްމު "މާމުއި" އަކީވެސް އަންނަ އަހަރު ރިލީޒް ކުރަން ނިންމައި މަސައްކަތް ކުރަމުން އަންނަ މަޖާ ފިލްމެކެވެ.