ބޮލީވުޑް

ކާދަރު ހާން މަރުވެއްޖެ

Jan 1, 2019
1

ބޮލީވުޑުގެ އެކްޓަރު ކާދަރު ހާން މަރުވެއްޖެ އެވެ.

ނޭވާލާން އުނދަގޫވެގެން ކެނެޑާގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދަނިކޮށް ކާދަރުހާން ރޭ މަރުވީ އޭނާގެ އުމުރުން 81 އަހަރުގަ އެވެ.

އާއިލާއިން ބުނެފައި ވަނީ ކާދަރުހާން މަރުވީ ކޯމާއަކަށް ވެސް ގޮސްފައި އޮތުމަށްފަހު ކަމަށާއި އޭނާ ފަރުވާ ދެމުން އަންތާ ދުވަސްތަކެއް ވެފައިވާ ކަމަށެވެ.

އަފްޣާނިސްތާނަށް އުފަން އަދި ކެނެޑާއަށް ނިސްބަތްވާ ކާދަރުހާނަކީ ސްކްރީން ޕްލޭ ލިޔުމާއެކު މޮޅު އެކްޓަރެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ވަރަށް ބޮޑު މަޝްހުރު ކަމެއް ހޯދާފައިވާ އެކްޓަރެކެވެ.