ފިނިޕޭޖް

އަރުޖުން އާއި މަލައިކާ އަރޯރާގެ ލޯބި އިތުރު ހަރުފަތަކަށް

ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ މަލައިކާ އަރޯރާއާއި ހާފް ގާލް ފްރެންޑް ފިލުމުން ބެލުންތެރިންގެ މަޝްހޫރުކަން ހޯދި އަރުޖުން ކަޕޫރުގެ ލޯބީގެ ގުޅުންތަކުގެ ވާހަކަ، މި ނިމިގެންދިޔަ އަހަރުގެ ސުރުހީތަކުން ޖާގަ ހޯދި އެވެ. ޕަޕަރާޒީންގެ ކެމެރާތައް މިދެ ތަރިންގެ ހަރަކާތްތަކަށް އަމާޒުވި އެވެ. އަރުޖުންނާއި މަލައިކާ ޑޭޓް ކުރަނިކޮށް އެތައް
ފޮޓޯއެއް ވަނީ ދަމައިގަނެ އާންމުކޮށްފަ އެވެ.

އާއަހަރު ފާހަގަކުރުމަށް ސަންޖޭ ކަޕޫރުގެ ގޭގައި ބޭއްވި ހަފްލާގެ ތެރެއިން އެކުގައި ނަގާފައިވާ ގައިގޯޅި ފޮޓޯތަކުން މިދެތަރިންގެ ލޯބީގެ ގުޅުން އިތުރަށް ކަށަވަރުވި އެވެ. މަޝްހޫރު، ޑައިރެކްޓަރެއް ކަމަށްވާ، ރިތޭޝް ސިދްވާނީގެ ގޭގައި ބޭއްވި ޕްރީ ކްރިސްޓްމަސް ޕާޓީއިން ވެސް މިޖޯޑް އެކުގައި ވަނީ ފެނިފަ އެވެ.

މި ދެތަރިންގެ ލޯބީގެ ވާހަކަ އެމީހުން ސޯޝަލް މީޑިއާގައި ހާމަކޮށްފައިނުވި ނަމަވެސް މިދެތަރިން އެކުގައި އުޅޭކަން މި ހުރިހާ ކަމަކުން ކަށަވަރުކޮށްދެ އެވެ. ބޮލީވުޑްގެ މަޝްހޫރު ޓީވީ ޝޯ، ކޮފީ ވިތް ކަރަންގައި ވާހަކަ ދައްކަވަމުން އަރުޖުން ކަޕޫރު ބުނި ގޮތުގައި އޭނާ ސިންގަލްއެއް ނޫނެވެ.

މި އަހަރު މިދެތަރިންގެ ލޯބީގެ ގުޅުން އެހެން ހަރުފަތަކަށް ގެންގޮސް ކައިވެނީގެ ގޮތް ޖަހާލަން ވަނީ ނިންމައިފަ އެވެ.

މަލައިކާ އަރޯރާ އަދި އޭނާގެ ކުރީގެ ފިރިމީހާ އަރްބާޒް ހާންގެ ކައިވެނި ރޫޅުފައިވަނީ 2016 ވަނަ އަހަރު އެވެ. އެދުވަސްވަރު ނޫސްތަކުގައި އަދި ސޯޝަލް މީޑިއާގެ ހޫނު ހަބަރެއްގެ ގޮތުގައި އޮތީ، މިވާހަކަ އެވެ. ނަމަމެސް، ކައިވެނި ރޫޅުމުގެ ހިތްދަތިކަމުން އަރައިގަތުމަށްފަހު މަލައިކާ ވަނީ އެނާގެ ލޯބި ހޯދާފަ އެވެ.

އަރުޖުންއާ ލޯބީގެ ގޮތުން ގުޅުނު ފަހުން މަލައިކާގެ ހަޔާތަށް ވަނީ އަނެއްކާ ވެސް އުފާވެރިކަން އައިސްފަ އެވެ. މި ދެތަރިން އެކުގައި ނަގާފައިވާ ފޮޓޯއެއް ޕޯސްޓް ކުރަމުން މަލައިކާ ބުނަނީ، އަރުޖުން އަކީ ނާއުންމީދުން ފުރިގެންވި ދުވަސްތަކުގައި އޭނާއަށް ލޯބި ހޯދައިދިން ހީރޯއެއް ކަމަށެވެ.