ސަލްމާން ރަސްގެފާނު މިސްކިތް

ކިންގް ސަލްމާން މިސްކިތް ހިޔާ ކުރަން ފަށައިފި

Jan 2, 2019
6

މާލޭގެ ހެންވޭރުގައި އާޓިފިޝަލް ބީޗުގެ އުތުރަށްވާ ގޮތަށް އިމާރާތް ކުރަން ފަށާފައިވާ ކިންގް ސަލްމާން މިސްކިތް ހިޔާ ކުރަން ފަށައިފި އެވެ.

މިއީ ސައުދީ ސަރުކާރުން ރާއްޖޭގައި އަޅައިދޭ މިސްކިތެކެވެ. މިސްކިތް ހިޔާ ކުރަން ފެށި ނަމަވެސް އާ ސަރުކާރާއެކު އިތުރު އެއްވެސް ތަފުސީލެއް މިހާތަނަށް އަދި ސާފުވެފައެއް ނުވެއެވެ.

ކިންގް ސަލްމާން މިސްކިތަކީ 41500 އަކަފޫޓުގެ ޖާގައެއްގައި 500 ދުވަހުން މަސައްކަތް ނިންމަންޖެހޭ މިސްކިތެކެވެ. އެ ޝެޑިއުލަށް މަސައްކަތް ގެންގޮސް މި އަހަރުގެ އޯގަސްޓްގައި މިސްކިތް ނިމޭނެ ކަމަށް ކުރިން ވަނީ ބުނެފަ އެވެ.

ކިންގް ސަލްމާން މިސްކިތް

  • މިސްކިތުގައި ހަ ފަންގިފިލާ
  • އަރާފޭބުމަށް ލިފުޓް ހުންނާނެ
  • އެއްފަހަރާ 10000 މީހުންނަށް ނަމާދުކުރެވޭނެ
  • ލައިބްރަރީއަކާއި ކްލާސްރޫމްތައް ހުންނާނެ
  • ސެމިނާ ރޫމްތައް ހިމެނޭނެ
  • ވެހިކަލްތައް ޕާކު ކުރުމަށް 44100 އަކަ ފޫޓުގެ ޖާގައެއް

ސައުދީގެ ހިލޭ އެހީގައި ރާއްޖޭގައި އަޅާ އެންމެ ބޮޑު އަދި ރީތި މިސްކިތުގެ މަސައްކަތް ކުރަނީ ތުރުކީގެ ޓާމެކްސް ކުންފުނިންނެވެ. ޓާމެކްސް އަކީ މިފަދަ ބިޔަ މަސައްކަތްތައް ކުރުމަށް މަޝްހޫރު ކުންފުންޏެވެ. މި ކުންފުނިން ރާއްޖޭގައި ހިންގި އެންމެ ބޮޑު މަޝްރޫއަކީ ހުޅުމާލެ ޓްރީޓޮޕް ހޮސްޕިޓަލުގެ މަޝްރޫ އެވެ. މިސްކިތުގެ މަޝްރޫއަށް 24.95 މިލިއަން ޑޮލަރު ހޭދަކުރާނެ އެވެ.