ހަބަރު

ޕްރިޒަންސްގެ ޑެޕިއުޓީ ކޮމިޝަނަރަކަށް ބޭފުޅަކު އައްޔަންކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕްރިޒަންގެ މަގާމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.

އެމަގާމަށް މިއަދު އައްޔަން ކުރައްވާފައިވަނީ އިބްރާހީމް މުހައްމަދު ދީދީ އެވެ. އޭނާ ކުރިން ހުންނެވީ ސުޕްރިންޓެންޑެންޓްގެ މަގާމްގަ އެވެ. މީގެ ކުރިން އެމަގާމުގައި ހުންނެވީ ހަސަން ޒިލާލް އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ކޮމިޝަނާ އޮފް ޕްރިޒަނާގެ މަގާމަށް މިދިޔަ މަހުގެ ފަހުކޮޅު ވަނީ އަބްދުﷲ މުނާޒްވެސް އައްޔަން ކުރައްވާފަ އެވެ.