ހަބަރު

ގިލި ލަންކަންފުށީގެ ރޫމެއްގައި އަލިފާން ރޯވެ އަނދަނީ

މާލެ އަތޮޅު ގިލި ލަންކަންފުށީގެ ރޫމެއްގައި އަލިފާން ރޯވެ އަނދަން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ، އެރިސޯޓްގައި އަލިފާނުގެ ހާދިސާއެއް ހިނގިކަމުގެ މައުލޫމާތު ލިބިގެން އެމްއެންޑީއެފުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އެކަމުގެ މައުލޫމާތު ލިބިފައިވަނީ މިރޭ 10:30 އެހާއިރު ކަމަށާއި އަލިފާަން ރޯވެފައިވަނީ ރިސޯޓެއްގެ ރޫމެއްގައި ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

އެރިސޯޓަށް މިހާރު އެމްއެންޑީއެފްގެ ފަޔާ ޓީމް ދަތުރުކުރަމުންދާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.