ޗައިނާ

ހަނދުގެ ދުރުފަޅީގައި ފުރަތަމަ ޖެއްސީ ޗައިނާގެ "ޗޭންޖް-4"

ޗައިނާގެ ޖައްވީ އުޅަނދު ޗޭންޖް 4 ހަނދުގައި ވަނިކޮށް ޗައިނާގެ ސެޓްލައިޓުން ނަގާފައިވާ ފޮޓޯ އެއް
66.7%
0%
33.3%

ހަނދުގެ ދުރު ފަޅިއަށް އެންމެ ފުރަތަމަ ޖެއްސި ޗައްވީ އުޅަނދަކަށް ޗައިނާގެ ޖައްވީ އުޅަނދު، "ޗޭންޖް 4" ވެއްޖެ އެވެ. ޗައިނާގެ ނޭޝަނަލް ސްޕޭސް އެޑްމިނިސްޓްރޭޝަން (ސީއެންއެސްއޭޭ) ބުނަނީ މިއި އެ ގައުމުގެ ޖައްވީ ޕްރޮގްރާމަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީ ކަމަށެވެ.

އެ އެގައުމުގެ ގައުމީ ޓީވީން ބުނެފައިވަނީ، މި ކާމިޔާބުގެ ސަބަބުން ހަނދުގެ މައުލޫމާތުތަށް ހޯދުމުގައި ދިމާވަމުންދާ ދަތިތަށް ނިމުމަކަށް އަންނާނެ އެވެ. ހަނދަަށް ގޮސްފައިވާ މި ޖައްވީ އުޅަނދުގެ މައިގަނޑު ބޭނުމަކީ ހަނދުގައިވާ މިނަރަލްގެ ބާވަތްތަށް ދެނެގަތުމެވެ. މީގެ އިތުރުން މި އުޅަނދު ބޭނުން ކޮށްގެން ދުނިޔެ އުފެދިފައިވާ ގޮތާ ބެހޭގޮތުން އިތުރު އާ މައުލޫމާތު ދެނެގަނެވޭނެ އެވެ.

"ޗޭންޖް 4" ހަނދުގައި ކާމިޔާބު ކަމާ އެކު ޖެއްސުމާ އެކު، ޖައްވުގެ ހޯދުންތަކުގައި ޗައިނާއާ ވާދަޖަހާ އިންޑިއާ، ރަޝިއާ އަދި އެމެރިކާގެ މައްޗަށް އެ ގައުމު ހޯދި ކުރިއެރުމަކަށް ވާނެ އެވެ.

ޗައިނާ އަދި އެމެރިކާ އަކީވެސް ޖައްވުގައި އަސްކަރީ ބޭސް ހެދުމަށް މަސައްކަތް ކުރަމުންދާ ދެ ގައުމަށް ވާއިރު ޗައިނާގެ މިކާމިޔާބީ އާއެކު އެމެރިކާ ރުޅި ގަދަވެފައިވާ ކަމަށްވެސް ދުނިޔޭގެ ނޫސްތަކުން ވަނީ ބުނެފަ އެވެ. އެގޮތުން ނާސާ ގައި މަސައްކަތް ކުރަމުންދާ އެސްޓްރޮނޮޓް، ޖިމް ބްރިޑްސްޓެއިން ބުނެފައިވަނީ ޗައިނާއިން ޖައްވީ އުޅަނދެއް ހަނދަށް ފޮނުވި ކަމުގައިވީ ނަމަވެސް އެންމެ ފުރަތަމަ އިންސާނަކު ހަނދަށް ފޮނުވާފައިވަނީ އެމެރިކާއިން އެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މީގެ ކުރިން ހަނދުގައި އެމެރިކާ ސިފައިން ގާއިމް ކުރާނެ ކަަމަށް ބުނެ އެކަމުގެ ތައްޔާރީތަށް ފެށުމުގެ ގޮތުން ނާސާ އާއެކު މަޝްވަރާވެސް ކޮށްފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910