ދިރާގު

ދިރާގު ޕޭ މެދުވެރިކޮށް ސޮލަރެލް މޮޓޯ އިންޝުއަރެންސް ފައިސާ ދެއްކޭނެ

ސޮލަރެލް އިންޝުއަރެންސް މޮޓޯ އިންޝުއަރެންސް އަށް ދިރާގު ޕޭ މެދުވެރިކޮށް ފައިސާ ދެއްކޭނެ ގޮތް ހަމަޖައްސައިފި އެވެ.

ދިރާގު އަދި ސޮލެރަލް ގުޅިގެން ތައާރަފް ކުރި " ސޮލަރެލް މޮޓޯ ތަރޑް ޕާޓީ އެޕް" މެދުވެރިކޮށް ދިރާގު ޕޭގެ ޚިދުމަތް ބޭނުންކުރެވޭނެއެވެ. އަދި ސޮލަރެލް އިންޝުއަރެންސުން ފޯރުކޮށްދޭ ހުރިހާ މޮޓޯ އިންޝުއަރެންސްގެ ޕޮލިސީތަކަށް ދިރާގު ޕޭ މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމުވަނީ ހަމަޖައްސާފަ އެވެ.

ދިރާގު ޕޭ އަކީ 2017 ވަނަ އަހަރު ދިރާގުން ތައާރަފް ކުރި ޑިޖިޓަލް ވޮލެޓެކެވެ. ދިރާގު ޕޭ އަކީ ރާއްޖޭގައި ނިއަރ ފީލްޑް ކޮމިނިކޭޝަން (އެން.އެފް.ސީ) ޓެކްނޮލޮޖީ ބޭނުންކޮށްގެން ކޮންމެ މޯބައިލް ފޯނަކުންވެސް ތަކެއްޗާއި ހިދުމަތްތަކަށް ފައިސާދެއްކޭނެގޮތާއި ފައިސާ ޖަމާކުރުމާއި ފައިސާ ނެގޭނެގޮތަށް ތައާރަފްކޮށްފައިވާ އެޕް އެކެވެ. ދިރާގު ނެޓްވޯކް ނޫން އެހެން ނެޓްވޯކްތަށް ބޭނުންކުރާ ފަރާތްތަކަށްވެސް ދިރާގު ޕޭ މެދުވެރިކޮށް ފައިސާ ޖަމާކޮށް ފައިސާ ފަސޭހަކަމާއެކު ފޮނުވޭނެ އެވެ.