ވިޔަފާރި

މޯލްޑިވްސް ލިވިން އެކްސްޕޯ އަންނަ މަހު

މޯލްޑިވްސް ލިވިން އެކްސްޕޯ އަންނަ މަހު ބާއްވަން ނިންމައި އެކްސްޕޯގެ ތައްޔާރީތައް ފަށައިފި އެވެ.

ލިވިން އެކްސްޕޯ ބާއްވާ ހައިރައިޒް އިން ބުނީ މިއަހަރުގެ ލިވިން އެކްސްޕޯ އޮންނާނީ ފެބްރުއަރީ މަހުގެ 7-9 އަކަށް ދަރުބާރުގޭގައި ކަމަށެވެ.

އެ ކުންފުނިން ބުނީ މި އަހަރުގެ ލިވިން އެކްސްޕޯގައި މިހާތަނަށް 10 ކުންފުންޏަކުން ބައިވެރިވެފައިވާ ކަމަށެވެ.

ލިވިން އެކްސްޕޯގެ މިއަހަރު ބާއްވާއިރު، މެއިން ސްޕޮންސާ ނަގާފައިވަނީ އެލައިޑް އިންޝުއަރެންސެވެ. ކޯ-ސްޕޮންސަރުންނަކީ އަކްއާ ވިޓާ ރެސިޒެޑްންސާއި ސްރީލަންކާގެ ލަގްޒަރީ ޕްރޮޕަޓީ ބްރޭންޑް އަލްޓީ އެވެ.

ގެދޮރު ގަންނަ މީހުންނާއި އެޕާޓްމަންޓުގެ އަގުތަކާއި ފަހުގެ ސާމާނު ދައްކާލާ މި ފެއާއަކީ 2013 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ފެއާ އެކެވެ.