ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ސިފައިންގެ އާއިލާތަކާ ރޭ ބައްދަލު ކުރައްވާ އެކުގައި ވަގުތު ހޭދަ ކުރައްވައިދި އެވެ.
އެމްއެންޑީއެފުން ބުނީ ސިފައިންގެ އައިލާތަކާ ޑިފެންސް މިނިސްޓަރު މާރިޔާ ބައްދަލު ކުރެއްވުމަށް ރޭ ސިފައިންގެ ކަޅުތުއްކަލާ ކޮށީގައި ފަރިއްކޮޅެއް ބޭއްވި ކަމަށާއި އެކަމަނާއާއެކު ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބައިވެރިވެ ވަޑައިގެންނެވި ކަމަށެވެ.
މިނިސްޓަރު މާރިއާގެ އިތުރަށް ސިފައިންގެ ލީޑަޝިޕް ބޭފުޅުން ވެސް ރޭ އާއިލާތަކާ ބައްދަލު ކުރެއްވެވި އެވެ. ރޭގެ އެ ބައްދަލުވުމުގެ ތެރޭ ސިފައިންގެ މުނިފޫހިފިލުވުމުގެ ހަރަކާތްތައް އޮތެވެ.