ދިވެހި ސިނަމާ

އައްފާންގެ ލަވަ، ގޮށްރާޅެއްހެން ބިންދާލަނީ؟!

އައްފާންގެ ލަވަތަކުގެ ތެރެއިން ދިވެހިންގެ ތެރޭގައި އެންމެ މަގުބޫލުވީ އެއްލަވަ "ރާޅެއްހެން" މި ފެބްރުއަރީގައި ނެރޭ ފިލްމު "ގޮށްރާޅު" ގައި ވެސް ވަނީ މިވަނީ ހިމަނާފަ އެވެ. މިފަހަރު ސިނަމާތަކަށް "ގޮށްރާޅެއްހެން" ބިންދާލަނީ އައްފާންގެ ތަފާތު މޮޅު އުފެއްދުމަކާ އެކީގަ އެވެ.

ޑާކްރެއިން އެންޓަޓެއިންމަންޓްސް އިން އަންނަ މަހު ނެރުމަށް ހަމަޖެހިފައިވާ ކްރައިމް ތްރިލާ ފިލްމު "ގޮށްރާޅު"ގައި އައްފާންގެ މި ލަވަ ހިމެނީ، މި ލަވަ އަކީ އައްފާންގެ އެންމެ ރީތި އެއް ލަވަ އަށް ވުމުން ކަމަށްވެފައި، މި ލަވަ އެންމެ ރަނގަޅު ތަނުގައި ހިމެނޭނެތީ ކަމަށް ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) އަވަސް އާ ވާހަކަ ދައްކަމުން ބުންޏެވެ. މި ލަަވައިގެ ލިރިކްސް، ރާގު އަދި މިއުޒިކްވެސް ހަދާފައިވަނީ އައްފާން އެވެ.

މޯލްޑިވިއަން އައިޑަލްގެ ދެ ސީސަނުގައި އައްފާން ވަނީ ޖަޖުންގެ ސީޓުގައި ފެނި ބެލުންތެރިންގެ އެންމެ މަގުބޫލު ޖަޖަށް ވެފަ އެެވެ. ކުޅަދާނަ މިއުޒީޝަން އައްފާންގެ މި ލަވަ އަކީ އޭނާގެ ލަވަތަކުގެ ތެރެއިން ދިވެހިންގެ ތެރޭގައި ދުވަސްކޮޅެއްތެރޭ ވައިގައި ހިފި އެއް ލަވަ އެވެ.

ޑާކްރެއިން އިން އަންނަ މަހު ނެރުމަށް ތައްޔާރުވަމުންދާ "ގޮށްރާޅު" ފިލްމުގެ ޓިކެޓުތައްވެސް މިހާރު ވަނީ ވިއްކަން ފަށާފަ އެވެ. މީގެ ކުރިންވެސް އައްފާންގެ ލަވަ އެއް މި ޕްރޮޑަކްޝަން ހައުސް އިން ވަނީ ބޭނުންކޮސްފަ އެވެ. ފިލްމު "ވަކިން ލޯބިން"ގައި އައްފާންގެ "ހިތުގައި ނަށާ ރާނީ" ކިޔާފައިވަނީ މޯލްޑިވިއަން އައިޑަލް ސީޒަން ދޭކުން މަޝްހޫރުވި ހަމޫދު އަހްމަދު އެވެ.