ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ފަރާތްތަކުން ތިން ގަޑިއިރު ކުރިން ޗެކިން ވުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އިލްތިމާސް ކޮށްފި އެވެ.
ވީއައިއޭގެ ފޭސްބުކް ޕޭޖުގައި ބުނެފައިވަނީ، އެއާޕޯޓުން ފުރާ ފަރާތްތަށް ތިން ގަޑިއިރު ކުރިން ޗެކިން ވުމަށް އިލްތިމާސް ކުރަނީ މި ދުވަސްވަރު، އެއާޕޯޓަށް ބާރު ބޮޑުވުމުގެ ސަބަބުން ފްލައިޓްތަށް ލަސްވުމުގެ ފުރުސަތު އޮތުމުން ކަމަށެވެ.
ތިން ގަނޑިއިރު ކުރިން ޗެކިން ވުމަށް އެންގިއިރު، އާ އަހަރު ފާހަގަ ކުރުމުގެ ގޮތުން މަހުޖަނުން ގޮވައިގެން ގިނަ އަދަދެއްގެ ޕްރައިވެޓް ޖެޓްތައް ވަނީ ރާއްޖެ އައިސްފަ އެވެ. މީގެ އިތުރުން ރީސޯޓްތަށް ވެސް ވަނީ ފުރި އެއާޕޯޓުން ހިދުމަތްދޭ ޕެސެންޖަރުންގެ އަދަދުވެސް ވަނީ އިތުރުވެފަ އެވެ.