ލައިފްސްޓައިލް

ވިކްޓޯރިއާ ސީކްރެޓް އެންޖަލް ސާރާ ރާއްޖޭގައި

Jan 6, 2019

މަޝްހޫރު ކޮސްމެޓިކް ބްރޭންޑް "ވިކްޓޯރިއާސް ސީކްރެޓް"ގެ އެންޖަލްގެ ނަމުން މަޝްހޫރު ވެފައިވާ މޮޑެލް ސާރާ ސެމްޕީއޯ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުންދެ އެވެ.

ސާރާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދަނީ ލޯބިވެރިޔާ އޮލިވައާ އެވެ. އޭނާ ޗުއްޓީ ހޭދަ ކުރަމުންދާ ކަމަށްވަނީ ރާއްޖޭގެ އެންމެ ފެންވަރުމަތީ އެއް ރިސޯޓް ކަމަށްވާ ނ. ރަންދެލި ރިސޯޓުގަ އެވެ.

ރީތި ހަށިގަނޑެއްގެ ލޫޅާފަތި މޮޑެލް ވަނީ އޭނާ ރާއްޖޭގައި ހޭދަ ކުރަމުންދާ ޗުއްޓީގެ ފޮޓޯތައް ސޯޝަލް މީޑިއާއަށް ދޫކޮށްލާފަ އެވެ. ވީޑިއޯއާ ފޮޓޯ ހިމެނޭ ގޮތަށް ކޮންމެ ދުވަހަކު ސޯޝަލް މީޑިއާގައި ކުރަމުންދާ ޕޯސްޓްތަކުގައި ރާއްޖެ އަށް ތައުރީފުކޮށް ސާރާ ބުނަމުންދަނީ ރާއްޖެއަކީ ހަމަ ހަގީގަތުގައި ވެސް ދުނިޔެމަތީ ސުވަރުގެ ކަމުގަ އެވެ.

އުމުރުން 23، އަހަރުގެ ޕޯޗްގީޒް މޮޑެލް އަކީ ޔޫރަޕުގައި އެންމެ މަޝްހޫރު މޮޑެލުންގެ ތެރޭގައި ހިމެނޭ އެކަކެވެ.

އާ އަހަރު ފާހަގަ ކުރުމަށް މި އަހަރުވެސް ރާއްޖެ ގިނަ އަދަދެއްގެ މަޝްހޫރު މީހުން ވަނީ އައިސްފަ އެވެ. މީގެ ތެރޭގައި މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިންވެސް ހިމެނެ އެވެ.