މޯލްޑިވް ގޭސް

މޯލްޑިވް ގޭސްގެ އެމްޑީއަކަށް ޝަޒައިލް

މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޝަޒައިލް ޝިޔާމް މިއަދު އައްޔަން ކުރައްވައިފި އެވެ.

މި މަގާމަށް އޭނާ ވަޑައިގެންނެވި އިރު މީގެ ކުރިން ވަނީ ފިޝަރީޒް މިނިސްޓިރީގެ ޑެޕިއުޓީ މިނިސްޓަރަމާއި ކޫއްޑޫ ފިޝަރީސްގެ ޗެއާމަން ކަމާއި ޓޫރިޒަމްގެ ނައިބުކަން ކުރައްވާފަ އެވެ. ޓޫރިޒަމްގައި ހުންނަވައިގެން އޭރުގެ ރައީސް އަބްދުﷲ ޔާމީނަށް ކުރައްވާ ތާއީދު ގެންދެވުމުން އޭނާ މަގާމުން އޭރު ވަކި ކުރީ އެވެ.

ޝަޒައިލްއަށް މޯލްޑިވްސް ގޭސްގެ އެމްޑީކަން ދެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އެމްއާރްއެމްގެ ސްލޮޓެއްގަ އެވެ.