ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ސިޔާސީ ފިޔަވަޅު އެޅި ފަރާތްތަކުން ޝަކުވާ ހުށަހަޅަން އިތުރު މުއްދަތު ދީފި

ސިޔާސީ މަގްސަދެއް ހާސިލް ކުރުމުގެ ގޮތުން ހައްޔަރުކޮށް، ހުކުމްތަށް ތަންފީޒު ކުރަމުންދާ ފަރާތްތަށް އަދި ގޭބަންދުގައި ތިބި ފަރާތްތަކަށް ޝަކުވާ ހުށަހެޅުމަށް ހަމަޖެހިފައިވާ މުއްދަތު އިތުރު ކޮށްފި އެވެ.

ޝަކުވާ ހުށަހެޅުމަށް މީގެ ކުރިން ދިނީ، 6 ޑިސެމްބަރު 2018 އިން ފެށިގެން 30 ދުވަހެވެ. ނަމަވެސް މިހާރު ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވާނީ މިމަހު 22 ވަނަ ދުވަހު މެންދުރު 2:00 އަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ. ރައީސް އޮފީހުން ބުނެފައިވަނީ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިތުރު ކޮށްފައިވަނީ އެގޮތަށް ގިނަ ބަޔަކު އެދެމުންދާތީ ކަމަށެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވަނީ ސިޔާސީ ހައްޔަރީންގެ މައްސަލަތަށް ބަލައި އިންސާފު ހޯދައި ދިނުމުގެ ގޮތުން ހާއްސަ ކޮމިޓީއެއްވެސް އުފައްދާފަ އެވެ. ސިޔާސީ ހައްޔަރީންނަށް އިންސާފު ހޯދައި ދިނުމަކީ ރައީސް ސޯލިހުގެ
ވައުދެކެވެ.