ހަބަރު

ޒިނޭ ކުރި އަންހެނަކު ރަޖަމް ކުރަން ނައިފަރު ކޯޓުން ހުކުމްކޮށްފި

Jan 6, 2019
3

އަންހެނަކު ޒިނޭ ކުރިކަމަށް ސާބިތުވެ ރަޖަމް ކުރަން ނައިފަރު މެޖިސްޓްރޭޓް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ނައިފަރު ކޯޓުގައި އެ ހުކުމްކޮށްފައި ވަނީ އެ ކޯޓުގެ އިސް ގާޒީ ޝޭހް މުހައްމަދު މޫސާ އެވެ. ގާނޫނުލް އުގޫބާތުގެ 1205 ގައި ބުނަނީ، ގުރުއާނުގައި ހައްްދު ކަނޑައެޅިފައިވާ ކުށެއް މީހެއްގެ މައްޗަށް ސާބިތުވެއްޖެ ނަމަ އިސްލާމީ ޝަރީއަތުގެ އަސްލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން އެ ގާނޫނާއި ގުރުއާނުގައި ކަނޑައަޅާފައިވާ ހުކުމެއް އެމީހެއްގެ މައްޗަށް އިއްވަން ވާނެ ކަމަށެވެ.

މީގެ ތިން އަހަރު ކުރިން ގއ. ގެމަނަފުށީގައި ވެސް ޒިނޭގެ ކުށް ސާބިތުވި މީހަކު ރަޖަމް ކުރަން ހުކުމް ކުރި އެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވަނީ އެ ހުކުމް ބާތިލުކޮށްފަ އެވެ. ބާތިލުކޮށްފައި ވަނީ ޝަރީއަތް ހިންގާފައި ވަނީ ޝަރީއަތް ކުރުމުގައި އަމަލު ކުރަން ކަނޑައަޅާފައިވާ ޝަރުއީ އަދި ގާނޫނީ އިޖުރާއަތުތަކާއި އުސޫލުތަކާ ހިލާފަށް ކަމަށް ބުނެ އެވެ.

ޒިނޭ ކުރި ކަން ސާބިތުވެގެން ފަހުގެ ތާރީހެއްގައި ވެސް ރާއްޖޭގައި މީހަކު ރަޖަމެއް ނުކުރެ އެވެ.