މޯލްޑިވްސް ކަސްޓަމްސް ސާވިސް

2018: މަސްތުވާތަކެތީގެ 83 މައްސަލަ، 32 ކިލޯ

Jan 7, 2019

މިދިއަ އަހަރު ކަސްޓަމްސް އިން މަސްތުވާތަކެތީގެ 83 މައްސަލައެއް 32 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ


ކަސްޓަމްސް އިން މިއަދު އާންމް ކުރި ތަފާސްހިސާބުތަކެއްގައިވާ ގޮތުން 83 މައްސަލައިގެ ތެރޭގައި ހިމެނެނީ ވައި މަގުން ޓްރެފިކް ކުރި 11 މައްސަލަ އަކާއި ޕޯސްޓް ގެ ޒަރިއްޔާއިން މަސްތުވާތަކެތި ގެނައި 68 އަށް މައްސަލަ އަކާއި އެއާ ކާގޯ މަގުން ގެނައި ތިން ހާދިސާއަކާއި ކަނޑުމަގުގެ ހާދިސާއެކެވެ.

2018 ވަނަ އަހަރުގެ ތެރޭގައި އަތުލި ޑްރަގާއި ބަރުދަން

  • ކެނަބިސް: 17165.78
  • ކޮކޭން: 563.00
  • ހެރޮއިން: 10840.69
  • އެންޕީއެސް: 664.26
  • އެކްސްޓަސީ: 3383.70

އެ ހިސާބުތައް ދައްކާ ގޮތުން 2017 ވަނަ އަހަރު މަސްތުވާ ތަކެތީގެ 25 މައްސަލައެއް ދިމާވި އިރު އެ އަހަރުގެ އަތުލައިގަތް މަސްތަވާތަކެތީގެ ބަރުދަނަކީ 24 ކިލޯ އެވެ. ދެހާސް ސަތާރަވަނަ އަހަރާ އަޅާބަލާއިރު 2018 ވަނަ އަހަރު ކަސްޓަމްސްއިން އަތުލައިގަޔް މަސްތުވާތަކެތީގެ މައްސަލަތައް ވަނީ އިތުރުވެފައެވެ.