މޯލްޑިވްސް ޕޮލިޓެކްނިކް

ޕޮލިޓެކްނިކްގެ ސީއީއޯގެ ކަމަށް ބޭފުޅަކު އައްޔަން ކުރައްވައިފި

މޯލްޑިވްސް ޕޮލިޓެކްނިކްގެ ޗީފް އެގްޒެކެޓިވްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެ މަގާމަށް މިއަދު އައްޔަން ކުރެއްވީ ގދ. ގައްދޫ ފަހާގޭ، އަހްމަދު ނާސިރެވެ.

ނާސިރު އެ މަގާމަށް އައްޔަން ކޮށްފައިވަނީ މިނިސްޓަރުންގެ ނައިބު ފެންވަރުގަ އެވެ. ނާާސިރަކީ މީގެ ކުރިން ޓިވެޓް އޮތޯރިޓީގެ އެސެސާގެ މާގާމާއި ޓިވެޓް އޮތޯރިޓީގެ ކައުންސިލް މެންބަރު ކަމާއި ސިވިލް ސާވިސް ޓްރެއިނިންގް އިންސްޓިޓިއުޓާއި ވިލާ ކޮލެޖާއި ޓްރެއިނިންގް މޯލްޑިވްސާއި، މޯލްޑިވްސް އިންސްޓްޓިއުޓް ފޯ ޓެކްނޮލޮޖީ އާއި، މަންދު ކޮލެޖްގައި ލެކްޗަރާއެއްގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ.

އޭނާ ވަނީ ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް މެނޭޖްމަންޓް އުފެއްދުމާއި މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް އުފެއްދުމުގައި ވެސް މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

ނާސިރަކީ މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހައްދާފައިވާ ބޭފުޅެކެވެ.