ގައުމީ ޔުނިވާސިޓީ

ހެލްތްް ސައިންސްގެ ޑީން އަކަށް ޑރ. ފަޒީލާ

ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހެލްތް ސައިންސް (އެފްއެޗްއެސް) ގެ ޑީންގެ މަގާމަށް ޑރ. ފަޒީލާ ވަހީދު އައްޔަން ކޮށްފި އެވެ.

މިއަދު އެ މަގާމަށް އައްޔަން ކުރި ފަޒީލާއަކީ 2016 ވަނަ އަހަރު ޔުނިވާސިޓީ އޮފް ވެސްޓާން އޮސްޓްރޭލިއާއިން ހެލްތް ސާވިސް މެނޭޖްމެެންޓް އިން ޕީއެޗްޑީ ހާސިލް ކޮށްފައިވާ ބޭފުޅެކެވެ. ފަޒީލާ އެންމެ ފުރަތަމަ މި ދާއިރާއިން ކިޔަވައި ދެއްވީ އިންސިޓިޓުޓް އޮފް ހެލްތް ސައިންސްގަ އެވެ.