އޮފްބީޓް

ދުނިޔޭގެ އެންމެ މުއްސަނދި މީހާ "ސިންގަލް" ވެއްޖެ!

Jan 10, 2019
4

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ގޮތުގައި ބްލޫމްބާގް ބިލިއަނާއިން ހޮވާފައިވާ އެމޭޒަންގެ ސީއީއޯ ޖެފް ބީޒޮސް އަންހެނުން މެކެންޒީގެ ގާތުން ވަރިވެއްޖެ އެވެ.

މިދިޔަ ބުދަ ދުވަހު ދެ މީހުންގެ ޓްވިޓާ އެކައުންޓު މެދުވެރިކޮށް ވަރިވި ވާހަކަ ވަނީ އިއުލާން ކޮށްފަ އެވެ. ޓްވިޓާ އެކައުންޓުގައި ދެމީހުން ވެސް ބުނެފައިވަނީ، އެކުގައި އުޅުނު ދުވަސްތަކަކީ އުފާވެރި ދުވަސްތަކެއް ކަމަށެވެ. އެދި އެކުގައި 25 އަހަރު އުޅެވުނީތީ އުފާކުރާ ކަމަށާއި ވަރިވުމަށްފަހު ވެސް ދެ މީހުންގެ މެދުގައި ރަހުމަތްތެރި ކަމުގެ ގުޅުން އޮންނާނެ ކަމަށެވެ.

ޖެފް އާއި މެކެންޒީގެ ކައިވެންޏަށް 26 އަހަރު ވަމުންދާއިރު، ދެ މީހުންނަށް މިހާރު ހަތަރު ކުދިން ވެސް ވަނީ ލިބިފަ އެވެ. ދެމީހުން ކައިވެނި ކުރީ 1993 ގަ އެވެ.

އެމޭޒަންގެ ސީއީއޯ ޖެފް، އެ ކުންފުނި އުފެއްދީ މީގެ 25 އަހަރު ކުރިންނެވެ. އަދި މި ކުންފުންޏަށް ފައިދާގެ ގޮތުގައި އަހަރެއްގެ މައްޗަށް 137 ބިލިއަން ޑޮލަރު ޖެހެ އެވެ. މިއީ ބިލްގޭޓްސްއަށް ލިބޭ ވަރަށްވުރެ، 45 ބިލިއަން ޑޮލަރުގެ ތަފާތެކެވެ.