ހަބަރު

ސްވެޑެންގެ އޮނަރަރީ ކޮންސުލްގެ މަގާމަށް މަރިޔަމް ވަހީދާ

Jan 10, 2019
3

ރާއްޖޭގައި ހުންނަވާ ސްވެޑެންގެ އޮނަރަރީ ކޮންސުލްގެ މަގާމަށް މަޝްހޫރު ޓީވީ ޕްރެޒެންޓާ މަރިޔަމް ވަހީދާ ހަމަޖައްސައިފި އެވެ.

އެ މަގާމަށް އޭނާ ހަމަޖެއްސުމާއެކު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ މިއަދު މަރިޔަމް ވަހީދާއާ ބައްދަލު ކުރައްވައި އެ މަގާމުގެ ޒިންމާތަކާއި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރާނެ ގޮތާމެދު މަޝްވަރާ ކުރައްވާފަ އެވެ.

މަރިޔަމް ވަހީދާ މިފަހުން ވަނީ ޕަބްލިކް ސާވިސް މީޑިއާ، ޕީއެސްއެމްގެ ބޯޑު މެންބަރު ކަމަށް ވެސް އައްޔަން ކުރައްވާފަ އެވެ.