ހަބަރު

ރިޔާޒު މިފަހަރު ކުރިމަތިލައްވަނީ ތިމަރަފުށީ ދާއިރާއަށް

Jan 11, 2019
1

ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު، އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ތިމަރަފުށީ ދާއިރާއަށް ވާދަ ކުރުމަށް ނިންމަވައިފި އެވެ.

އެކަން އޭނާ މިއަދު ހާމަ ކުރެއްވީ ކުރެއްވި ޓްވީޓެއްގަ އެވެ. ރިޔާޒު ވަނީ އެކަން ހާމަކޮށް އެ ދާއިރާގެ ރައްޔިތުންގެ ފިރިހަމަ ތާއިދު އޭނާއަށް ދެއްވުމަށް އެދިވަޑައިގެންފަ އެވެ.

އަންނަ މަޖިލިސް އިންތިހާބުގައި މިހާރު އިންނެވި ގޮނޑިއަށް ދެވަނަ ދައުރަކަށް ކުރިމަތިނުލައްވަން ނިންމެވި ސަބަބެއް ރިޔާޒު ވިިދާޅެއް ނުވެ އެވެ. މިފަހުން ރިޔާޒު ވަނީ ތިމަރަފުއްޓަށް ވަޑައިގެންފަ އެވެ. އެއީ އޭނާގެ އާއިލާ ދިރިއުޅޭ ރަށެކެވެ.

ތިމަރަފުށީ ދާއިރާގެ މެންބަރުގެ ގޮތުގައި މިހާރު މުހައްމަދު މުސްތަފާ ވެސް ގެންދަވަނީ އެ ދާއިރާއަށް ވާދަ ކުރެއްވުމަށް މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށް ޕްރައިމަރީގައި ވާދަ ކުރެއްވުމަށް ވަނީ ނިންމަވާފަ އެވެ.

މުސްތަފާ، މީގެކުރިން އެ މަގާމަށް އިންތިހާބުވީ ވެސް އެމްޑީޕީގެ ޓިކެޓްގަ އެވެ. ނަމަވެސް ފަހުން އެމްޑީޕީ ދޫކުރައްވައި ޕީޕީއެމްއާ ގުޅިވަޑައިގެންނެވީ އެވެ. އަނެއްކާ ފަހުން ޕީޕީއެމްއިން ވަކިވެވަޑައިގެން ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.