ކުޅިވަރު

އުމުރުން 51، އަދިވެސް ޕްރޮފެޝަނަލް ކުޅުންތެރިއެއް

އޭނާ ކެރިއާ ފެށިއިރު، އެމެރިކާގެ ރައީސްއަކަށް ހުންނެވީ ރޮނަލްޑް ރޭގަން އެވެ. މައިކް ޓައިސޮން އަކީ ހެވީވެއިޓް ބޮކްސިންގެ ދުނިޔޭގެ ޗެމްޕިއަން އެވެ. ލިވަޕޫލުން އިނގިރޭސި ލީގްގެ ޗެމްޕިއަކަން ހޯދި އެވެ. އޭގެ ފަހުން ލިވަޕޫލަށް އިނގިރޭސި ފުޓްބޯޅައިގެ އެންމެ މަތީ ލީގް ހޯދިފައެއް ނުވެ އެވެ. މިއީ ދުނިޔޭގައި މިހާރު ހުރި އެންމެ ދުވަސްވީ ކުޅުންތެރިޔާ ޖަޕާންގެ ކަޒޫޔޯޝީ މިއުރާގެ ވާހަކަ އެވެ.

މިއުރާ ކުޅެމުންދާ ކުލަބު، ޔޮކަހާމާ އާއެކު އާ ކޮންޓްރެކްޓެއްގައި މިހާރު ވަނީ ސޮއި ކޮށްފަ އެވެ. ޖާޕާނުގެ ފުޓްބޯޅަ ސަޕޯޓަރުން އޭނާއަށް ނިސްބަތް ކުރާ ނަމަކީ "ކަޒޫ ކިންގް" އެވެ. އޭނާ އަކީ، ފުޓްބޯޅަ ކުޅެމުންދާ ކުޅުންތެރިންގެ ތެރެއިން އެންމެ ދުވަސްވީ ކުޅުންތެރިޔާގެ ގޮތުގައި ލިސްޓް ކުރެވިފައި ވަނީ އޭނާގެ އޭނާގެ އުމުރުން 52 އަހަރު އަންނަ މަހު ފުރޭނެ އެވެ.

އޭނާގެ ސީނިއާ ކެރިއާ އޭނާ ފެށީ، އުމުރުން 19 އަހަރުގައި ބްރެޒިލްގެ ގަދަބާރު ސަންޓޯސްއިންނެވެ. ކެރިއަރުގައި އޭނާ ވަނީ 13 ކުލަބަށް ކުޅެފަ އެވެ. އެއީ ޔޫރަޕާއި ދެކުނު އެމެރިކާ، އޭޝިއާގެ އިތުރުން އޮސްޓްރޭލިއާގައެވެ. މި އަހަރު ވެގެންދާނީ، އޭނާގެ ފުޓްބޯޅަ ކެރިއަރުގެ 34 ވަނަ ސީޒަނަށެވެ.

ޖަޕާންގެ ގައުމީ ޓީމަށް 89 މެޗު ކުޅެދީ 55 ލަނޑު ޖެހި އެވެ. ފްރާންސްގައި 1998 ގައި ބޭއްވި ވޯލްޑްކަޕަށް، ޖަޕާން ގެންގޮސްދިނީ މިއުރާގެ މޮޅު ކުޅުމާއެކު އެވެ. ކޮލިފިކޭޝަންގައި އޭނާ 14 ގޯލް ޖެހި އެވެ. ޖަޕާނަށް އޭޝިއަން ކަޕް 1992 ވަނަ އަހަރު ހޯދައިދިނުމުގައިވެސް، މިއުރާ ވަނީ މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ. ޖެހިގެން އައި އަހަރު އޭޝިއާގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް އޭޏާ ހޯދި އެވެ.

މިއުރާ އަކީ، ފުޓްބޯޅައިގެ ދުނިޔޭގައި ލަނޑު ޖެހި އެންމެ ދުވަސްވީ ކުޅުންތެރިޔާ އެވެ. އިންގްލެންޑްގެ ސްޓެންލީ މެޓިއުސް ހަދާފައިވާ ރެކޯޑް އޭނާ މުގުރާލީ 2017 ވަނަ އަހަރު ކާމިޔާބު ކުރި ލަނޑުންނެވެ.