ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތް ކަމަށްވާ ދިރާގު ޓީވީ އަށް އައިސް ޓީވީ ޗެނަލް ތައާރަފުކޮށްފި އެވެ. އައިސް ޓީވީ އަކީ މުނިފޫހިފިލުވުމުގެ ޕްރޮގްރާމްތަށް ގެނެސްދޭ ދިވެހިންގެ މެދުގައި މަޝޫރު ދިވެހި ޗެނަލެކެވެ.
އައިސް ޓީވީއިން ގެނެސްދޭ ހާއްސަ ޕްރޮގުރާމުތަކުގެ ތެރޭގައި ކުޑަކުދިންނަށް ހާއްސަ ޕްރޮގްރަމްތައް، އިނގިރޭސި ޕްރިމިއަރ ލީގުގެ ބައެއް މެޗްތަކުގެ އިތުރުން މަޝްހޫރު ފިލްމީތަރި ޢައްޒަ ހުށަހަޅައިދޭ ޓޯކްޝޯ "އަޒޯނާ" ހިމެނެ އެވެ.
މާލެ އާއި އަތޮޅުތެރޭގައި ފޯރުކޮށްދޭ ދިރާގުގެ ޓީވީ ހިދުމަތުގައި އެއްވެސް ތަފާތުކުރުމެއްނެތި ދިރާގުޓީވީގެ އިންޓްރޯޑަކްޓަރީ އޮފާގައި 80 އަށް ވުރެ ގިނަ ޗެނެލްތައް ބަލާލެވޭނެއެވެ. ދިރާގު ޓީވީގައި ދިވެހި ހުރިހާ ޗެނަލްތަކެއްގެ އިތުރުން ބޭރުގެ މަޝްހޫރު ގިނަ ޗެނަލްތަކެއް ހިމެނެ އެވެ.
ހަބަރާއި މުނިފޫހިފިލުވުމުގެ ޗެނަލްތަކުން ފެށިގެން އެންމެ ފަހުގެ ހިންދީ އަދި އިނގިރޭސި ފިލްމާ މިއުޒިކް ޗެނެލްތައް އަދި ކުޑަކުދިންނަށް ހާއްސަ ޗެނަލްތައް ދިރާގު ޓީވީގައި ހިމެނޭނެ އެވެ. މި ޗެނަލްތަކުގެ ތެރޭގައި އޭއެކްސްއެން، ކަލާސް ސޮނީ، ޓެން ސްޕޯޓްސް އަދި ޑިޒްނީގެ ޗެނަލްތައް ހިމެނެ އެވެ. މީގެ އިތުރުން 4ކޭ ކޮލިޓީގެ ޗެނަލްތަށްވެސް ހިމެނެއެވެ. ދިރާގުގެ އިންޓްރޯޑަކްޓަރީ އޮފާ އަގަކީ ޖީއެސްޓީ ނުލާ 300 ރުފިޔާ އެވެ.އަދި ކޮންމެ ކަނެކްޝަނަކާއި އެކު ހިލޭ ޖޯއިބޮސް ލިބިގެނެދާނެ އެވެ.
ޖޯއި ބޮކްސްގެ ޒަރީއާ އިން ގޭގައި ދިރާގު ޓީވީގެ ހިދުމަތް ހޯދާ ފަރާތްތަކަށް އިންޓަނެޓް އެލަވަންސްގެ އަސަރެއް ނުކުރާނެ އެވެ. މީގެ އިތުރުން ދިރާގުޓީވީގެ އެކައުންޓް ބޭނުންކޮށްގެން ރާއްޖޭގެ ކޮންމެތަނެއްގައި ކޮންމެ ވަގުތެއްގައި ލެޕްޓޮޕް ޓެބްލެޓް އަދި ސްމާޓްފޯން ބޭނުންކޮށްގެން ޓީވީ ބެލޭނެ އެވެ.
ދިރާގު ޓީވީ ތައާރަފު ކުރިތާ މިވީ ދޮޅު އަހަރުދުވަހުގެ ތެރޭގައި ނުހަނު ގިނަ ކުރިއެރުންތަކެއް ވަނީ ހޯދާފަ އެވެ. އެގޮތުން ދިރާގު ޓީވީ އަށް ހާއްސަ އެޕެއް ތައާރަފުކުރުމުގެ އިތުރުން މާލެ ވިލިމާލެ އަދި ހުޅުމާލޭގެ އިތުރުން ރާއްޖޭގެ 50 އިތުރު ރަށަކަށްވަނީ މި ހިދުމަތް ފޯރުކޮށްދީފަ އެވެ. އަދި މި ރަށްތަކުގައި ނިމިދިޔަ ވޯލްޑްކަޕްގެ ފަހު 10 މެޗު 4K ކޮލިޓީގައި ބަލާލުމުގެ ފުރުސަތު ވަނީ ލިބިފަ އެވެ.