ހަބަރު

ކޯކް ފުޅިއެއް ބޯލައިގެން ޕްރިމިއާ ލީގް މެޗެއް ބަލައިލަން ދެވިދާނެ

މަތިގަނޑުގައިވާ ނަމްބަރު އެސެމެސް ކޮށްގެން ކޮންމެ ހަފްތާއަކު ދެ ބޭފުޅަކަށް ޕްރެމިއާ ލީގް މެޗެއް ބަލާލަން ދިއުމުގެ ފުރުސަތާއެކު ކޮކަ ކޯލާއިން ޕްރޮމޯޝަނެއް ފަށައިފި އެވެ.

ދުނިޔޭގެ މަޝްހޫރު އެއް ފުޓްބޯލް ލީޑް ކަމަށްވާ އިންގްލިޝް ޕްރެމިއާ ލީގް ޕާޓްނަރަކަށް ކޮކަ ކޯލާ ވުމާއި ގުޅިގެން ކުރިއަށް ގެންދާ ކޮކަ ކޯލާ ޕްރިމިއަ ލީގް ޕްރޮމޯޝަން ފަށާފައި ވަނީ މިރެ އެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މާޗް މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ޕްރޮމޯޝަން ލޯންކޮށް ދީފައިވަނީ ރާއްޖޭގެ މަޝްހޫރު ގޯލް ކީޕަރު އިމްރާން އަހުމަދެވެ. މި ޕްރޮމޯޝަންގައި ބައިވެރިވުމަށް، ކޮކަ ކޯލާ ފުޅީގެ މަތިގަނޑުގައި ހިމެނޭ ނަމްބަރު އެސްއެމްއެސް ކުރަން ޖެހޭނީ 2626 އަށެވެ.

މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ހަފްތާއަކު އެއްފަހަރު ނަޝީބުވެރި ދެ ފަރާތަކަށް އިނގިރޭސިވިލާތަށް ގޮސް މެޗެއް ބަލާލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. މީގެ އިތުރުން ނަސީބުވެރި 45 ފަރާތަކަށް 43 އިންޗީގެ ޓީވީއެއް ގުރުއަތުން ހޮވޭ ކޮންމެވެސް އެއް ފަރާތަކަށް ލިބިގެންދާނެ އެވެ.

މި ރޮމޯޝަންގެ ގުރުއަތު ނެގުން މިމަހުގެ 30 ވަނަ ދުވަހުން ފެށިގެން ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހުގެ ރޭ ޓީވީއެމްއިންނެވެ. ގުރުއަތު ނެގުން އޮންނާނީ އެރެއެއްގެ 7:50 ގައި އެވެ.

މި ޕްރޮމޯޝަންގެ ދަށުން މެޗް ބަލަންދާ ފަރާތްތަަކަށް ހާއްސަ ޕެކޭޖެއްވެސް ލިބޭނެ އެވެ. އެގޮތުން އިންގްލެންޑްގެ ސަރަހައްދުތައް ބަލައިލަން ދިއުމުގެ ފުރުސަތު ވެސް ލިބިގެންދާނެ އެވެ.