މާލޭގައި ކޭއެފްސީ އާއި ޕިއްޒާ ހަޓް އަދި ކޮކާކޯލާ ހިންގާ ތަންތަނަށް ބަޔަކު ގެއްލުން ދީފި އެވެ.
މިތަންތަނަށް މިރޭ ގެއްލުން ދިނީ މޫނު ނިވާކޮށްގެން ތިބި ބަޔަކު މިތަންތަނަށް ވަދެ ތަނުގައި ތިބި ބައެއް މުވައްޒަފުންނަށް އިންޒާރުވެސް ދިނުމަށްފަހު ކަމަށް އެނގިފައިވެ އެވެ.
އިންޒާރު ދިން މީހުން އަންގާފައިވަނީ އެ ވިޔަފާރިތައް ރާއްޖޭގައި ހުއްޓާލުމަށް ކަމަށްވެ އެވެ.
މިތަންތަނަށް ގެއްލުން ދިނުމުގެ ގޮތުން އިމާރާތުގެ އެތެރެއާއި ބޭރަށް ވަނީ ކަޅުތެޔޮ ޖަހާފަ އެވެ.
މާލޭގައި ކޭއެފްސީ އާއި ޕިއްޒާ ހަޓް އަދި ކޮކާކޯލާ ހިންގާ ތަންތަނަށް ގެއްލުންދީފައި މިވަނީ މިވިޔަފާރިތަކުން އިޒްރޭލުގެ ޔަހޫދީންނަށް އެކިގޮތްގޮތުން ވާގިވެރިވެ ހިތްވަރު ދެމުންދާތީ ކަމަށް މައުލޫމާތު ލިބެ އެވެ.
ފުލުހުން ބުނީ ކޭއެފްސީ އާއި ޕިއްޒާ ހަޓަށް ގެއްލުން ދިން މައްސަލަ ރިޕޯޓްކޮށްފައިވާތީ ފުލުހުން އެ މައްސަލަ ބަލަމުންދާ ކަމަށެވެ. މައްސަލައިގެ ތުހުމަތުގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.