ލައިފްސްޓައިލް

ބުޑުގެ ކަސްރަތު ކިމް ހަދަނީ ހަފުތާއަކު ދެފަހަރު!

ހަށިގަނޑުގެ ބައްޓަން ރީކޮށް ބެހެއްޓުމަކީ ކޮންމެ މީހަކުވެސް ބޭނުންވާނެ އަދި އިސްކަން ދޭނެ ކަމެކެވެ. މަޝްހޫރު ސެލެބްރިޓީ ކިމް ކާޑޭޝިއަންގެ ޓްރެއިނާ، މެލިސާ އަލްސަންޓަރާ ވަނީ ރީތި ބައްޓަމެއްގައި ކިމް ހުރުމުގެ ސިއްރު، ކަސްރަތުތައް ހިއްސާ ކޮށްފަ އެވެ.

ކިމް ކާޑެޝިއަން އެނާގެ ފަޔާއި ބުޑާއި ފައިގެ ފަހަތުގެ ކަސްރަތުތައް ހެދުމަށް ލޯބި ކުރި ނަމަވެސް ފަޔާއި ބުޑުގެ މަސްތަކުގެ ކަސްރަތުތައް ހަދަނީ ހަފުތާއަކު ދެ ފަހަރު އެވެ. އެހެން ހަދަނީ އެއީ ހަށިގަނޑުގެ ބޮޑު މަސަލް ގްރޫޕަކަށްވެފައި ކަސްރަތަށްފަހު ރެސްޓް އެންޑް ރިކަވާ ވާން ވަގުތު ބޭނުންވާނެތީ އެވެ. އަދި އެއީ އެ މަސަލްސް ތަރައްގީ ވަނީ ރިކަވަރީގައި ކަމަށްވާތީ އެވެ.

މެލީސާ ބުނާ ގޮތުން ކަސްރަތުގެ ރެޕް ހެދުމުގައި ވެސް އެއް ސެޓާއި އަނެއް ސެޓާއި ދެމެދު ހުސް ވަގުތު ލާންޖެހެ އެވެ. އެހެން ނޫންނަމަ މަސަލްސް ރިކަވާ ވާނެ ވަގުތު ނުލިބި ދެވަނަ ސެޓުގައި ގިނަ ރެޕްސެ ނުހެދޭނެ އެވެ.

ކަސްރަތުކުރުމުގައި ބަރު ހިޔާރު ކުރާއިރު، ލުއި ކަމުން ބަރު ހިފައިގެން ރެޕްސް ހެދޭވަރު ބަރުދަނެއް އުފުލުމަށާއި ނަމަވެސް ބަރުވެގެން އެންމެ ފަހު ތިން ހަތަރު ފަހަރު ހަދަން އުނދަގޫވެ ހިއްވަރު ހޯދަން ޖެހޭ މިންވަރަށް ބަރު އުފުލުމަކީ އެންމެ ރަނގަޅުވަރު ކަމުގައި މެލިސާ ލަފާ ދެއެވެ. ތިރީގައި އެވަނީ ކިމްގެ ކަސްރަތުތަކުގެ މުހިންމު ބައިތަކެކެވެ.

ވޯލްކިން ލަންޖަސް

މި ކަސްރަތު ކުރުމުގައި ވިސްނަންވީ މޭމަތި ބޭރަށް ނެރެ، ކޮނޑު އެއްކޮށް ފަހަތަށް ގެންގޮސް ފިއްތާލައި ބަނޑު އެތެރެއަށް ހިފަހައްޓާލައި މަޑުމަޑުން ލަންޖަކަށް ތިރިވާށެވެ. އަދި މިގޮތަށް މޫވްމަންޓް ކޮންޓްރޯލް ކުރުމުން ފައިގެ ފަލަމަސްގަނޑާއި މަސްތައް ސްޓްރެޗް ވާނީ ވަރަށް ފޯކަސް ވެގެނެވެ، ނަތީޖާ ވެސް ރަނގަޅުވާނެ އެވެ.

ލަންޖް ކުރުމަކީ ދެފައިތިލަ ކައިރީގައި ބެހެއްޓުމަށްފަހު ވަރަށް ބޮޑަށް އެއްފައި (ވާތު ފައި) ފަހަތަށް ލާ ބިމާއި ދިމާއަށް އެ ފައިގެ ކަކޫ ތިރި ކުރުމެވެ. މިގޮތަށް ތިރިވާއިރު ދެފައިގެ ކަކޫ ވެސް ލެބެން ވާނީ 90 ޑީގްރީ އަށެވެ. އަދި ފަހަތަށް ލީ ފައިގެ ފުންނާބު އުފުލާލުމުން މި މޫވްގެ އަސަރު ގަދަ ވެއެވެ. އަދި މިގޮތަށް ފަހަތުފައި ތިރިއަށް ގޮސް ތެދުވެ ނުހުއްޓި އަލުން އެ ފައި ކުރިޔަށް ގެންގޮސް ދެން ކަނާތު ފައި ފަހަތަށް ލާ ހަމަ އެގޮތަށް ތިރިވާނީ އެވެ. މިގޮތަށް 20 ރެޕްގެ ހަތަރު ސެޓް ހަދަންވާނެ އެވެ.

އެލެވޭޓެޑް ގުލޫޓް ބްރިޖް

އުނަގަނޑު ކުރިއަށް ގެންދާ ކަސްރަތުތައް ނުވަތަ "ހިޕް ތްރަސްޓް" އަކީވެސް ފަޔާއި ބުޑުގެ މަސްތައް ތަރައްގީ ކުރުމަށް ވަރަށް ރަނގަޅު ކަސްރަތެއް ކަމުގައި މެލިސާ ބުނެ އެވެ. މި ކަސްރަތު ކުރުމުގައި ވެސް މޭމަތި ބޭރަށް ނެރެ ކޮނޑު އެއްކޮށް ފަހަތަށް ގެންގޮސް ފިއްތާލައި ބަނޑު އެތެރެއަށް ހިފަހައްޓާލަން އޭނާ ލަފާދެ އެވެ. މި ކަސްރަތު ކުރާއިރު ފައިގެ ފަލަ މަސްގަނޑު ހުންނަނީ އިލާސްޓިކް ބޭންޑްއަކުން ހިފަހައްޓާލާފަ އެވެ.

މި ކަސްރަތު ކުރާނެ ގޮތަކީ، ބެންޗެއްގެ އަރިމަތީގައި ކޮނޑާއި ބުރަކަށީގެ މަތީ ބައި ޖެއްސުމަށްފަހު، ކަކޫ 90 ޑިގްރީ އަށް ލަންބާލައި ބުޑު ވީހާ ވެސް ބިމާއި ހަމައިގައި ބެހެއްޓުމަށްފަހު އުނގަނޑު ހިއްލައިލަނީ އެވެ. މިގޮތަށް އުނގަނޑު ހިއްލައިލާއިރު ކޮނޑާއި ކަކޫ އިންނާނީ އެއްވަރެއްގަ އެވެ. ކޮންމެ ފަހަރަކުވެސް ހިއްލާލާއިރު ފަސް ސިކުންތުވަރު މަޑުކޮށްލާނީ އެވެ. އެއަށްފަހު އަލުން ފަށާނީ އެވެ. އަދި އަތް ބެންޗުގައި ރެސްޓް ކުރުމުގެ ބަދަލުގައި ބަރެއް ހިފައިގެން ވެސް ކަސްރަތު ކުރެވި ދާނެ އެވެ. މިގޮތަށް 20 ރެޕުގެ ހަތަރު ސެޓު ހަދަން ވާނެ އެވެ.

ގްލޫޓް ކިކްބެކްސް

މި ކަސްރަތު ކުރުމުގައި ވިސްނަންވީ ބޮލާއި ދިމާއަށް ފަޔާއި ފައިތިލަ ގެންދިއުމުގެ ބަދަލުގައި ސީލިންގް އާއި ދިމާލަށް މައްޗަށް ގެންދިއުމަށެވެ.

މިކަސްރަތު ކުރަން ފަށާނެ ގޮތަކީ ހަތަރެސްފައި ޖަހައިގެން އޮވެ އެވެ. އަދި ކަސްރަތު ކުރަން ފަށާއިރު އަތާއި ކަކޫ އުނަގަނޑު ފުޅާމިނަށް ދުރުގައި ބަހައްޓަންވާނެ އެވެ. މިގޮތަށް އޮވުމަށްފަހު އެއް ކަކޫ 90 ޑިގްރީއަށް ލަންބާފައި މައްޗަށް ސީލިންގް އާއި ދިމަލާށް ގެންދަންވީ އެވެ. އަދި މިގޮތަށް ހެދުމުން ކޮނޑުން ފެށިގެން ކަކޫ އިންނާނީ އެއްހަމައެއްގަ އެވެ. އަލުން ކަކޫ ތިރިއަށް ގެނައުމުން އެއް ރެޕް ހެދުނީ އެވެ. މި ކަސްރަތުގެ 50 ރެޕުގެ ފަސް ސެޓު ހަދަންވާނެ އެވެ.

ޑަމްބެލް ހޭމްސްޓްރިން ކާލް

މި ކަސްރަތު ކުރާނީ ބެންޗެއްގައި ބަންޑުން އޯށެވެ އޮވެ އެވެ. އަތުން ބާރަށް ބެންޗުގައި ހިފުމަށްފަހު ފައިގެ ފަލަމަސްގަނޑުން ފެށިގެން ތިރި ބެންޗުން ބޭރު ކުރަނީ ސީދާ ކޮށެވެ.

މިހެން އޮށޯވެ އޮވެ ފައިގެ ފުންނާބު ބުޑާއި ދިމާލަށް ގެންދާނީ އެވެ. އަލުން ފައި ސީދާ ކުރުމުން އެއް ރެޕް ހަމަވީ އެވެ. އިތުރު ޗެލެންޖެއްގެ ގޮތުގައި ޑަމްބެލް އެއް ފައިގެ ތަނބިކަށި ދޭތެރައަށް ލެވިދާނެ އެވެ. މީގެ 12 ރެޕްސްގެ ހަތަރު ސެޓް ހަދަންވާނެ އެވެ.

މިއީ ކިމް ކާޑޭޝިއަން ގެ ޓްރެއިނާ ކިމްގެ ރީތި ބައްޓަމުގެ ސިއްރު ކަމުގައިވާ ފަޔާއި ބުޑަށް ހާއްސަކޮށްގެން ކުރާ ކަސްރަތުތަކުގެ ގޮތުގައި ހިއްސާކޮށްފައިވާ ބައެއް ކަސްރަތުތަކެވެ. ނަމަވެސް ވިސްނަންވީ، ކޮންމެ ކަސްރަތެއް ކުރުމުގެ ކުރިން އިންސްޓްރަކްޓަރެއްގެ ލަފާ ހޯދުމަށްފަހު ފަށާށެވެ.