ވިޔަފާރި

އަމާނާ ތަކާފުލްގެ މެޑިކަލް އިންޝުއަރެންސް ޓްރީ ޓޮޕަށް

އަމާނާ ތަކާފުލްގެ މެޑިކަލް ކަސްޓަމަރުން ނަށް ޓްރީޓޮޕު ހޮސްޕިޓަލުން ކޭޝް ލެސް ހިދުމަތާއެކު އެ ކުންފުނީގެ އިންޝުއަރެންސް ތައާރަފުކޮށްފި އެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ އަމާނާ ތަކާފުލްގެ ފައިސާ ދައްކަން ނުޖެހޭ، ކޭޝްލެސް ހިދުމަތް މިހާރު އިންޕޭޝަންޓް އަދި އައުޓްޕޭޝަންޓް ކަސްޓަމަރުންނަށް ލިބޭނެ ކަމަށެވެ.

އަމާނާ ތަކަފުލް އިން ބުނީ ރާއްޖޭގެ މެޑިކަލް ބާޒާރުގެ އިސް ފަރާތެއްގެ ހައިސިއްޔަތުން އެ ކުންފުނިން ބަލަނީ ހިދުމަތުގެ ކަވަރޭޖް ބަރާބަރަށް ދިނުމަށް ކަމަށެވެ. އަދި ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލުގެ އަމާޒަކީ އެންމެ ފުރިހަމަ ހިދުމަތްތަކެއް ދިނުން ކަމަށެވެ. އަދި އާސަންދައިގެ އިތުރުން އެހެނިހެން އިންޝުއަރެންސުގެ ހިދުމަތްތައް ވެސް ދިނުން ކަމަށެވެ.

ޓްރީޓޮޕް ހޮސްޕިޓަލްއަކީ ރާއްޖޭގައި މިހާތަނަށް ހުޅުވި އެންމެ ފެންވަރު ރަނގަޅު އެއް ހޮސްޕިޓަލެވެ. ގާތްގަނޑަކަށް 90 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއްގެ ގޮތުގައި ހުޅުމާލޭގައި ތަރައްގީ ކުރަމުން ގެންދާ މަލްޓި ސުޕެޝަލިޓީ މި ހޮސްޕިޓަލުގައި 200 އެނދު ހުރެ އެވެ.