ހަބަރު

އިންސްޓިޓިއުޓް އޮފް ހޮލީ ގުރުއާންގެ ކެމްޕަހެއް ފުވައްމުލަކަށް

Jan 14, 2019
3

އިންސްޓިޓިއުޓް އޮފް ހޮލީ ޤުރުއާންގެ އާ ކެމްޕަހެއް ޏ. ފުވައްމުލަކުގައި ހުޅުވައިފި އެވެ.

އާ އަހަރުގެ ދިރާސީ އައު އަހަރާއެކު އިންސްޓިޓިއުޓް އޮފް ހޮލީ ޤުރުއާނުގެ ފަރާތުން އެއިންސްޓިޓިއުޓްގެ ހަތަރު ވަނަ ކެމްޕަސް ފުވައްމުލަކު ސިޓީގައި ހުޅުވީ އިއްޔެ އެވެ. ގާތްގަނޑަކަށް ސަތޭކަ ދަރިވަރުންނާއެކު ހުޅުވުނު މިކެމްޕަހަކީ ޒަމާނީ ޑިޖިޓަލް ވަސީލަތް ތަކާއެކު ހިމެނޭ ފަސް ކްލާސްރޫމާއެކު ހުޅުވިގެން ދިޔަ ކެމްޕަހެކެވެ. މިކްމެޕަސް ހުޅުއްވައިދެއްވީ އީފިއަސް ގްރޫޕްގެ ޗެއަރމަން ޢަބްދުﷲ ޝާކިރު މުޙައްމަދާއި އޭނާގެ އަނބިކަބަލުން ޢަފީފާ މުޙައްމަދު ދީދީ އެވެ.

އިންސްޓިޓިއުޓް އޮފް ހޮލީ ޤުރުއާނަކީ 2012 ވަނަ އަހަރުން ފެށިގެން ކުޑަކުދިންނަށް ޤުރުއާނުގެ ޢިލްމު އުނގައްނައިދިނުމުގެ މަތިވެރި މަގުސަދުގައި އުފެއްދިފައިވާ އިންސްޓިޓިއުޓެކެވެ. މި އިންސްޓިޓިއުޓްގެ ފަރާތުން މާލޭގައި ދެ ކެމްޕަސް އަދި ހުޅުމާލޭގައި ކެމްޕަސްއެއްގެ ހިދުމަތް މިހާރު ވެސް ދަނީ ދެމުންނެވެ.

އިންސްޓިޓިއުޓް އޮފް ހޯލީ ޤުރުއާން ހިންގާ ކުންފުންޏަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފައިވާނުގެ ވިޔަފާރި ކުރާ އެއް ކުންފުންޏެވެ.