ވިޔަފާރި

ޑަބްލިއު ކޮންސްޓްރަކްޝަން އަށް ހުއްދަ ދިން ގޮތް އެނގެން ޖެހޭ: މަސީ

ސިމެންތި ބަސްތާއެއް ވެއްޓި ބަންލަދޭޝް ކުޑަކުއްޖާ މަރުވި މައްސަލާގައި ހުއްދަ ބާތިލްކުރި، ޑަބްލިއު ކޮންސްޓްރަކްޝަން އަށް އަލުން ހުއްދަ ދިން ގޮތް އާއްމުންނަށް އެނގެން ޖެހޭ ކަމަށް، މޯލްޑިވްސް ނޭޝަނަލް ކޮންސްޓްރަކްޝަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެމްއެންއޭސީއައި) އިން ބުނެފި އެވެ.

ކުރީގެ، އެސޯސިއޭޝަން އޮފް ކޮންޓްރަކްޝަން އިންޑަސްޓްރީ (މަސީ) އަދި މިހާރުގެ އެމްއެންއޭސީއައި އިން ކޮށްފައިވާ ޓުވީޓެއްގައި ބުނީ، ޑަބްލިއު ކޮންސްޓްރަކްޝަންގެ ކޭސްގައި އެ ކުންފުނީގެ މަސައްކަތް ސަސްޕެންޑް ކުރުމަށްފަހު، އަލުން ހުއްދަ ދިން ގޮތާއި އެޅި ފިޔަވަޅު އާއްމުންނަށް އެނގެން ބޭނުންވާ ކަމަށް އެ ޖަމިއްޔާ އިން ދެކޭ ކަމަށެވެ.

މ. ނަލަހިޔާ މަންޒިލްގައި ޑަބްލިއު ކޮންސްޓްރަކްޝަން އިން މަސައްކަތް ކުރަމުންދިޔަ އިމާރާތުން ސިމެންތި ބަސްތާއެއް ވެއްޓި ބަންގްލަދޭޝް ޓީޗަރެއްގެ ދަރިއެއް ކަމަށްވާ ރަވްޝާން ޖަނާން ވަނީ މަރުވެފައިވަނީ މިދިޔަ މަހު އެވެ.

އެ މައްސަލައާއެކު މާލެ ސިޓީ ކައުންސިލުން ވަނީ މާލޭގެ ހުރިހާ ކޮންސްޓްރަކްޝަން ސައިޓުތަކެއް ސުޕަވައިޒް ކޮށްފަ އެވެ. އެ މައްސަލާގައި ޑަބްލިއު ކޮންސްޓްރަކްޝަންގެ ހުއްދަ އޮތީ ހިފަހައްޓާފަ އެވެ. ނަމަވެސް މިމަހުގެ ހަތް ވަނަ ދުވަހު "މިހާރަ" ވާހަކަ ދައްކަވަމުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އަލީ ވިދާޅުވެފައިވަނީ އެ ކުންފުންޏަށް ޑިސެމްބަރު މަހުގެ ފަހުކޮޅު އަލުން ދީފައިވާ ކަމަށެވެ. ނަމަވެސް އެ ކުންފުންޏާ މެދު އަދި މިހާތަނަށް ފިޔަވަޅެއް
އަޅާފައެއް ނުވެ އެވެ.