ހަބަރު

ވަކީލު ކަމުގެ ހުއްދައަށް އެދެން ހުޅުވާލައިފި

Jan 14, 2019
1

ވަކީލު ކަމުގެ ހުއްދައަށް އެދި ހުށަހެޅުމުގެ ފުރުސަތު ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، ޑީޖޭއޭއިން ހުޅުވާލައިިފި އެވެ.

ޑީޖޭއޭއިން ވަނީ އެކަމަށް އެދޭ ފޯމް މި މަހުގެ 21 ވަނަ ދުވަހުގެ ކުރިން އެ ޑިޕާޓްމެންޓަށް ހުށަހެޅުމަށް އެދިފަ އެވެ.

ވަކީލު ކަމުގެ ހުއްދަ ދެނީ ޝަރީއަތާއި ގާނޫނުގެ ދާއިރާ އިން ޑިގްރީ ހާސިލްކޮށްފައިވާ ފަރާތްތަކަށެވެ. އަދި ހުއްދަ ދެނީ ވަކި ބާވަތެއްގެ ކުށްތައް ސާބިތުވެފައި ނުވާ މީހުންނަށެވެ.

އެންމެފަހުން ގާނޫނީ ވަކީލް ކަމުގެ ހުއްދަ ދީފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގަ އެވެ. އެ މަހު ވަނީ 181 މީހަކަށް ވަކީލް ކަމުގެ ހުއްދަ ދީފަ އެވެ.