ބާ ކައުންސިލްގެ ދާއިމީ ސަބް ކޮމިޓީތަކުގެ މެންބަރު ކަމަށް ކުރިމަތިލާން ފުރުސަތު ހުޅުވާލައިފި އެވެ.
ބާ ކައުންސިލުން އިއުލާން ކޮށްފައި ވަނީ އެ ކައުންސިލްގެ އެތިކްސް ކޮމިޓީއަށް ތިން މެމްބަރުންނާއި ގާނޫނީ ތައުލީމު ކޮމިޓީއަށް ދެ މެމްބަރަކާއި ލޯ ރިފޯމް އެންޑް ރިސާޗް ކޮމިޓީއަށް މެމްބަރަކު ހޯދާށެވެ.
މެމްބަރު ކަމަށް ކުރިމަތި ލާ ފަރާތްތަކަކީ މަދުވެގެން ފަސް އަހަރު ދުވަހުގެ ގާނޫނީ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް ވާންޖެހެ އެވެ. އަދި ގާނޫނީ ވަކީލުކަމުގެ ހުއްދަ އޮތް މީހަކަށް ވުމުގެ އިތުރުން، އެ ދާއިރާގައި ކޮށްފައިވާ މަސައްކަތުގެ ތެރޭގައި އެ މީހާގެ ނަޒާހަތްތެރި ކަމާމެދު ސުވާލު އުފެދޭ ފަދަ މައްސަލައެއް ޝަރުއީ ކޯޓަކަށް ނުވަތަ އެ ކައުންސިލަށް ސާބިތުވެފައިވާ މީހެއް ކަމުގައި ވެގެން ނުވާނެ އެވެ.
މެމްބަރު ކަމަށް ކުރިމަތިލާން ސުންގަޑިއެއް ކަނޑައަޅާފަައެއް ނެތެވެ. ނަމަވެސް އެ މަގާމުތަކަށް އެކަށީގެންވާ ގާބިލު މީހުން ލިބުމާއި ހަމައަށް ފުރުސަތު ހުޅުވާފައި ބާއްވާނެ އެވެ.