ހަބަރު

ޖޭއެސްސީގެ މެންބަރު ކަމަށް ހަ ވަކީލަކު ކުރިމަތިލައިފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ގާނޫނީ ވަކީލަކު ހޮވަން ބާއްވާ އިންތިހާބަށް ހަ ވަކީލަކު ކުރިމަތި ލައްވައިފި އެވެ.

ޖޭއެސްސީ އަށް ގާނޫނީ ވަކީލަކު ހޮވުން އޮންނާނީ އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުގަ އެވެ. މިއީ ބާ ކައުންސިލަށް މެމްބަރުން އިންތިހާބުވި ފަހުން އެ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ފުރަތަމަ އިންތިހާބެވެ.

ޖޭއެސްސީއަށް ކުރިމަތިލެއްވި ބޭފުޅުން

  • ޢަލީ ރަޝީދު، ކުންނާރުގެ، ދ.ރިނބުދޫ
  • އަބްދުލްމާނިއު ހުސައިން، އަންބަރީގެ، ހއ. އިހަވަންދޫ
  • އަހުމަދު ނަޝީދު ހުސައިން، ދަފްތަރު. ނަންބަރު ރސ 1890
  • އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު، މާޒީ، ލ.މާވަށް
  • މަރިޔަމް ހަނީފާ ހާލިދު، އަނބުގަސްދޮށުގެ، ހއ. ކެލާ
  • އަބްދުލްހަންނާން އަހުމަދު، ގ.އަސްމަހި، މާލެ

މި އިންތިހާބަށް އީސީގެ ފަންނީ އަދި އިދާރީ އެހީތެރިކަން ލިބޭނެ ފަދަ އެއްބަސްވުމަކަށް އެ ކޮމިޝަނާއެކު ގޮސްފައިވާ ކަމަށް ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު ވަނީ ވިދާޅުވެފަ އެވެ.