ބާ ކައުންސިލް

ބާ ކައުންސިލަށް ސެކްރެޓަރީ ޖެނެރަލެއް ހޯދަނީ

Jul 29, 2019
1

ބާ ކައުންސިލަށް ސެކްރެޓަރީ ޖެނެރަލަކު ހޯދަން އިއުލާނުކޮށްފި އެވެ.

ބާ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތަކީ ކައުންސިލްގެ އިދާރީ ކަންކަން ބެލެހެއްޓުމާއި، އެ ކައުންސިލުގެ އެގްޒެކެޓިވް ކޮމެޓީން ނިންމާ ނިންމުންތައް ތަންފީޒު ކުރުމުގެ މަސްއޫލިއްޔަތު އަދާ ކުރުން ކަމަށެވެ.

ބާ ކައުންސިލްގެ ސެކްރެޓަރީޖެނެރަލްގެ އަސާސީ މުސާރައަކީ 20،500 ރުފިޔާ އެވެ. ލިވިން އެލަވެންސްގެ ގޮތުގައި 15،000 ރުފިޔާ ލިބޭނެ އެވެ.

އެ މަގާމަށް ބޭފުޅަކު ލާނީ އެއް އަހަރު ދުވަހުގެ ދައުރެއް އޮންނަ ގޮތަށެވެ. އަދި އެއީ ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކޮށް ހަތް އަހަރުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާންޖެހެ އެވެ.