ޝަރުއީ ދާއިރާ

ޖަލު ބައްދަލުވުންތަކަށް ވަކީލުންނަށް ހުއްދަ ދޭން ފަށައިފި

Sep 22, 2020

ކޮވިޑް-19 އާ ގުޅިގެން ކަރެކްޝަނުން މަޑުޖައްސާލައިފައި އޮތުމަށް ފަހު ގާނޫނީ ވަކީލުން ޖަލަށް ވަޑައިގެން ވަކީލު ބައްދަލުވުންތައް އަލުން ބާއްވަން ފަށައިފި އެވެ.

ކަރެކްޝަނުން ބަޔާނެއް މެދުވެރިކޮށް ބުނީ ޖަލަށް ގޮސްގެން ވަކީލު ބައްދަލުވުންތައް ބޭއްވުމުގެ ފުރުސަތު މިއަދުން ފެށިގެން ދޭނެ ކަމަށާއި ނަމަވެސް މާފުށީ މައި ޖަލާއި ހިންމަފުށީ އައްސޭރި ޖަލަށް ޒިޔާރަތް ކުރާ ނަމަ އެޗްޕީއޭއިން ނަގަން ޖެހޭ ހުއްދަތައް ނަގަން ޖެހޭނެ ކަމަށެވެ. އެކަން ކުރަން ޖެހޭނީ އެ މީހަކު އަމިއްލައަށް ކަމަށް ވެސް ބުނެފައި ވެއެވެ.

އެގޮތަށް ހަމަޖެއްސި ނަމަވެސް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައްދަލުވުންތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ދޭނެ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ޖަލަކުން މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ ނަމަ، ޖަލަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ވަކީލުންނަށް ދިނުން ހުއްޓާލާނެ ކަމަށެވެ.