އަމާޒަކީ ދިވެހި ރާއްޖެއަކީ އިއާދަކުރަނި ހަކަތަށް އުފައްދާ ގައުމަކަށް ވުން ކަމަށް ރައިސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު ޔޫއޭއީގެ އެނާޖީ އެންޑް އިންޑަސްޓިރިއަލް މިނިސްޓަރު ސުހައިލް މުހައްމަދު ފަރަޖް އަލް މަރްޒޫއީ އާވަނީ ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުވުމުގައި ޔޫއޭއީގެ އެނާޖީ މިނިސްޓަރު ވިދާޅުވީ އިއާދަ ކުރަނިވި ހަކަތަ އުފެއްދުމަށް ކުރާ މަސައްކަތްތަކަށް އަބަދުވެސް އެހީވެދޭނެ ކަމަށާއި، ދުނިޔޭގެ އެކި ހިސާބުތަކުގައި ޔޫއޭއީން އިއާދަށް ކުރަނިވި ހަކަތަ އުފެއްދުމުގެ މަސައްކަތްތައް ކުރާ ކަމަށެވެ.
ރައީސް އޮފީހުން ބުނީ ރާއްޖެއިން ތެލަށް ބަރޯސާވާ މިންވަރު ދަށްކޮށް އިއާދަކުރަނިވި ހަކަތަށް އުފެއްދުމުގެ ގާބިލްކަން ލިބިގެންވާކަމަށް ޔޫއޭއީ އިން ކުރާ ކަމަށް ރައީސް ސޯލިހުގެ އަރިހުގައި މިނިސްޓަރު ދެންނެވި ކަމަށެވެ. އަދި މިކަމުގެ ސަބަބުން ކަރަންޓުގެ އަގު ބޮނޑު ތަނުން ހެޔޮވެގެންދާނެ ކަމަށްވެސް ޔޫއޭއީގެ މިނިސްޓަަރު ވިދާޅުވިކަމަށް ރައިސް އޮފީހުން ބުންޏެވެ.
ރައީސް ސޯލިހު ޔޫއޭއީއަށް ކުރައްވާ، ރަސްމީ މި ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ވަލީ އަހްދު އަދި ޔޫއޭއީގެ ސިފައިންގެ ޑެޕިއުޓީ ކޮމާންޑަރު، މުހައްމަދު ބިން ޒައިދު އަލް ނަހްޔާން އާ ވެސް ވަނީ ބައްދަލު ކުރައްވާފަ އެވެ. މި ބައްދަލުވުމުގައި ވަލީ އަހްދް ވަނީ ރާއްޖޭގެ ދަނޑުވެރިކަމާއި މަސްވެރިކަން ކުރިއަރުވަން އެހީވެދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފަ އެވެ.