އެމްއެންޑީއެފް

އަނެއްކާވެސް ލަނޑާ ނަގަން ފޭބި މީހަކު ގެއްލިގެން ހޯދަން ފަށައިފި

ނ. މަނަދޫ ދެކުނު ފަރާތަށް ހުއިފިލަނޑާ ނަގަން މޫދަށް ފޭބި މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ފަށައިފި އެވެ.

މަނަދޫ އިން ހުއިފިލަނޑާ ނަގަން ފޭބި ދެމީހުންގެ ތެރެއިން ގެއްލިގެން ހޯދަމުން ދަނީ އެކަކެވެ. އެމްއެންޑީއެފް އިން ބުނެފައިވަނީ ގެއްލިގެން ހޯދަމުންދަނީ މަކުނުދޫ މުހައްމަދު ޝާވިން ކަމަށެވެ. މީނާ ހޯދުމުގެ މަސައްކަތް ކުރަމުންދަނީ އެމްއެންޑީއެފްގެ ކޯސްޓް ގާޑްގެ އުޅަނދެއް ކަމަށްވާ ސްކްޑްރޮން އިން ކަމަށްވެސް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ.

މިއަދު ހެދުނު ރ. ދުވާފަރުންވެސް ހުއިފިލަނޑާ ނަގަން ފޭބި މީހަކު ގެއްލިގެން ފުލުހުންނާއި އެމްއެންޑީއެފް އިން ހޯދަމުން ދަނިކޮށް އެ އަތޮޅު ފަޅު ރަށެއް ކަމަށްވާ ދިއްކުރެންދޫ ގައި ހުއްޓާ އޭނާ ވަނީ ފެނިފަ އެވެ. އޭނާ ފެނުނު އިރު ހާލު ރަނގަޅެވެ.