އެމްއެންޑީއެފް

މަނަދޫ ކައިރިއަށް ފީނި މީހާވެސް ފެނިއްޖެ

ނ. މަނަދޫ ހުއިފިލަނޑާ ނަގަން ފޭބި މިހާ ފެނިއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނެފައިވަނީ ގެއްލިގެން ހޯދަމުންދިޔަ 24 އަހަރުގެ އަބްދުﷲ ޝާމީން ފެނިފައިވަނީ ޑިންގީ އަކަށް ކަމަށެވެ. 13:43 ހާއިރު މިމިހާ ފެނިފައިވާއިރު ހާލު ރަނގަޅު ކަމަށްވެސް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ.

މިއީ މިއަދު ހުއފިލަނޑާ ނަގަން މޫދަށް ފޭބިގެން ހޯދަމުން ދިޔަ ދެވަނަ މީހާ އެވެ. ފުރަތަމަ ފަހަރު ގެއްލިގެން ހޯދަމުން ދިޔަ މީހާ ފެނިފައިވަނީ ރ. އަތޮޅު ފަޅު ރަށެއްކަމަށްވާ ދިއްކުރެންދޫގައި ހުއްޓަ އެވެ. އޭނާ ގެއްލިގެން މައްސަލަތް ފަުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ ގެއްލުނުތާ ދެގަނޑި އިރު ފަހުންނެވެ.